ކޯސްތައް ހިންގޭ ގޮތެއް ނެތުމުން އޭޑީކޭގެ ގިނަ ކަންބޮޑުވުންތަކެއް

އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އައްފާލް އަހުމަދު: ކޯސްތައް ހިންގޭ ގޮތެއް ނެތުމުން ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާޅުކުރައްވައިފި -- ފޮޓޯ: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އައްފާލް އަހުމަދު: ކޯސްތައް ހިންގޭ ގޮތެއް ނެތުމުން ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާޅުކުރައްވައިފި -- ފޮޓޯ: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުން ހިންގާ ޝާފިއާ އިންސްޓިޓިއުޓް އޮފް ހެލްތުއިން ކޯސްތައް ހިންގޭނެ ގޮތެއް ނެތުމުން، ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާ ހިއްސާކޮށްފި އެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭގޮތުން މިއަދު އެ ކޮމިޓީގައި އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އަހުމަދު އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލުން ހިންގަމުންދާ އިންސްޓިއުޓަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ ހުރިހާ ވަސީލަތްތަކާއި ގާބިލު މީހުންނާއެކު ވެސް އޮތް މުއްދަތެއްގެ ސަބަބުން މަތީ ތައުލީމަށް ކިޔަވައިދޭން ނުފެށި އޮތުން ކަމަށެވެ.

އޭގެ ހެއްކަކީ ސިއްހީ ދާއިރާއިން ކިޔަވައިދީފައިވާ ކޮންމެ ކިޔަވައި ދިނުމެއްގައި ދަރިވަރުންނަށް ލިބެންޖެހޭ ގާބިލުކަމަކީ އޭޑީކޭއިން ކިޔަވައިދީގެން ލިބިފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި މެޑިސިން ކިޔެވިސްއަސް، ނާސިން ކިޔެވިޔަސް، ފިޒިއޯތެރަޕީ ކިޔެވިޔަސް، ކޮންމެ ކަމެއް ކުރިއަސް އެ ކުދިންގެ ކިޔެވުމުގެ މަރުހަލާގެ ވަރަށް ބޮޑު އަދަދެއްގެ ދުވަސް މި ހޭދަކުރަނީ އަޅުގަނޑުމެންގެ މަރުކަޒުގައި ކިޔަވަން," އައްފާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ގައުމީ ޔުނިވާސިޓީ އަދި އެނޫން ވެސް ޔުނިވާސިޓީތަކުގައި ހިންގޭ މެޑިސިން، ނާސިން އެނޫން ވެސް ކޯސްތަކުގައި އެގްޒަމިނަރުންގެ ގޮތުގައި، ކޯސްތައް ބައްޓަން ކުރުމުގައި، ކަރިކިއުލަމް ހެދުމުގެ ހުރިހާ ކަމެއްގައި އޭޑީކޭގެ ތަޖުރިބާކާރު ބޭފުޅުން އެންމެ ކުރީ ސަފުގައި ތިއްބަވާ ކަމަށެވެ.

އޭގެއިތުރުން ރާއްޖެއިން ބޭރުގެ އެތައް ޔުނިވާސިޓީތަކެއްގެ ހާއްސަކޮށް ފިލިޕިންސް، މެލޭޝިއާ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގެ ކުދިން އެމީހުންނަށް ބޭނުންވާ ފަންނީ ކިޔެވުން ކިޔަވަން އޭޑީކޭ ހޮސްޕިޓަލާ ގުޅޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކިޔެވުމުގެ ނިޒާމުގެ ތެރެއިން ކިޔަވައިގެން އެމީހުންނަށް އެ ލިބޭ ކުރިއެރުން އެތަންތަނުން އެމީހުންގެ ޑިގްރީތައް ދިނުމުގައި އެބަ ބަލައިގަނޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ އެއްވެސް މަގެއް ނެތް. އަޅުގަނޑުމެން އަމިއްލައަށް މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތް. ހައްތަހާ ވެސް ހުރަސް. މުއްދަތު ނުވަތަ ކިޔާ ނަމެއް. ނޫނީޔާމުން ކޮންމެވެސް އެހެން ސަބަބެއް" އައްފާލް ވިދާޅުވި އެވެ.

މިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓަކާއެކުގައި މިހާރު ރާއްޖޭގައި ހުރި އެންމެ މަތީ ފެންވަރުގެ އަދި ދުނިޔޭގެ ފެންވަރުގެ ސިއްހީ ތަމްރީންތައް ދިނުމަށް ބޭނުންވާ ސިމިއުލޭޝަން ލެބް ހުރިކަން ފާހަގަކުރައްވާ އައްފާލް ވިދާޅުވީ އޭގެ ބޭނުން ހިފެނީ ވަރަށް މަދުން ކަމަށާއި ސަބަބަކީ ބޭނުންވާ ކޯސްތައް ކިޔަވައިދޭނެ އެއްވެސް ފުރުސަތެއް ނެތުން ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ދިވެހިރާއްޖޭގައި ދިވެހިން މިވަރަށް ކިޔަވާ ކުރިއަރައި ގާބިލުކަން ހޯދައިގެން ތިބިއިރު ދިވެހި ދަރިންނަށް މިތަކެތި އުނގަންނައި ދޭން. އެކަން ކުރަން ބަލާއިރުގައި އަޅުގަނޑުމެންނަށް ފަހަރަކު ފާރެއް، ފަހަރަކު ފާރެއް މި ހުންނަނީ. އަޅުގަނޑުމެން ތެރޭގައި މި އޮންނަ ރެގިއުލޭޓަރީ މެކޭނިޒަމްތަކަކީ ހަގީގަތުގައި ކަންކަން ކުރުމަށް މަގުފަހިވާ ގޮތަށް ހުންނަ ރެގިއުލޭޝަންތަކެއް ނޫން. އޭގައި މި އޮންނަނީ ކަންތައް ނުކުރެވޭނެ ރެގިއުލޭޝަންތައް މުޅިން ވެސް ގިނަފަހަރަށް،" އޭނާ ވިދާޅުވި އެވެ.

ޔުނިވާސިޓީއެއްގައި 1،000 ދަރިވަރުން ތިބުން ލާޒިމުކޮށްފައިވާނަމަ، ސިއްހީ ދާއިރާއަށް ވަކިން ކޮލެޖެއް އުފައްދާއިރު ގޮންޖެހުންތަކެއް ދިމާވާނެ ކަމަށާއި އެ އަދަދު ރާއްޖޭގައި އާބާދީއަށް ބެލުމަށްފަހު އެކަށީގެންވާ އަދަދަކަށް ކަނޑައަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ޝާފިއާ ވެސް އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސްއިން ކިޔަވައިދިނުމުގެ ފުރުސަތު ނުދެވިގެން އުޅެނީ އުމުރު ހަމަނުވާތީ ކަމަށާއި ނަމަވެސް ގާބިލުކަން އެހެން ހުރިހާތަނަކަށް ވުރެ ފުރިހަމަ ކަމަށެވެ.

"އަޅުގަނޑުމެންގެ އެބަހުރި އިންޓެންސިވް ކެއާ ކިޔަވައި ދިނުމުގެ ގާބިލުކަން. އަޅުގަނޑުމެންގެ އެބަ އޮތް ތިއޭޓާތަކުގެ ގާބިލުކަން. އެމަޖެންސީ މެޑިސިންގެ ގާބިލުކަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ނަރުސްކުދިން އެފަދަ ޕްރޮގްރާމެއްގައި ބައިވެރިކޮށް ކުރިއަށް ގެންދިޔުމަށް މިހާރު އޮތް ހުރަހަކީ އަޅުގަނޑުމެންނަށް ކޮލެޖެއް ގޮތަށް ހިންގުމުގެ ފުރުސަތު ނެތީތީވެ،" ނިޔާފް ވިދާޅުވި އެވެ.

ކޮމިޓީގައި އޭޑީކޭގެ ކަންބޮޑުވުންތައް މެންބަރުން އަޑު އެހުމަށްފަހު، އެކަމަށް ރިއާޔަތްކޮށް އިސްލާހުތައް ގެންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހޮސްޕިޓަލުން ކޮށްދެމުންދާ ހިދުމަތަށް މެންބަރުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox