އެމްއެމްޕީއާރުސީ މައްސަލައިގައި ޔާމީން ރައީސަށް ގޮންޖައްސަވައިފި: "ބަލާކަށް ނުކެރޭނެ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ނުކެރޭނެ ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ނުކެރޭނެ ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ނުކުރޭނެ ކަމަށް، އެ ހިޔާނާތް ހިންގެވި އިރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި, އަަދި އެކަމުގައި ބައިވެރިވުމުގެ ތުހުމަތުކުރެވޭ، އަބްދުﷲ ޔާމީން މިރޭ ޕީއެންއެފްގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގަ އެވެ.

ރައީސްގެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެސް ހިމެނޭ ގޮތަށް މިހާރު ސަރުކާރު ހިންގަވަން ތިއްބެވި އިސް ބޭފުޅުންނަކީ އެމަނިކުފާނު ވަރަށް ދަންނަ ބޭފުޅުން ކަމަށެވެ.

"މިއީ ވާހަކަ ދައްކާ ކޮޅުން ނުލާނެ ވާހަކަ، ޕީއެންސީގެ ހަރުގޭގައި ރައީސް އެ ވާހަކަ ދެއްކެވުމުން އޭރު ވެސް އެ ހަރުގޭގައި މޫނު މަތީގައި އެތައް އުދާސްތަކެއް އެތައް ބޭފުޅުންގެ އޮތް،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ދައުރުވި ގޮތް ބަލައި، އެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ލިބުނު މައުލޫމާތުތަކުން ފުލުހުންނަށް ފައިސާ ލިބުނު މީހުންގެ ލިސްޓެއް އެކުލެވިފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ލިސްޓު އާންމު ކުރުމަށް ރައީސް މުއިއްޒު ފުލުހުންނަށް އަންގަވަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ލިސްޓު ފޮރުވައިގެން ގެންގުޅެން އެއްވެސް ގާނޫނީ އަސާސެއް އެބަ އޮތްތޯ، ރައްޔިތުންގެ ފައިސާ އެއީ، ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއް މިއީ، ފުލުހުން އެބަ ޖެހޭ އެ ލިސްޓު ނެރެން،" ޔާމީން ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ ލީޑަރުކަމުން ވަކިވެވަޑައިގެން އިދިކޮޅު ލީޑަރަކަށް މިހާރު ހުންނެވި ޔާމީން ވިދާޅުވީ އެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނުކެރޭނެ ކަމަށެވެ. މަޖިލީހުގެ ރައީސް އަބްދުލްރަހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ރައީސް މުއިއްޒަށް ވެސް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަތައް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޮޑެތި ކަޅު ފައިސާ ނަގާފައި ހުރި މީހުން އެ ތިބީ ރައީސް އޮފީހުގައި، ވަޒީރުންގެ ގޮތުގައި، މުއިއްޒު ކޮން ވާހަކައެއްތޯ އެ ދައްކަވަނީ،" ޔާމީން ރައީސަށް ޗެލެންޖުކުރެއްވި އެވެ.

"މިއީ ކެރެކްޓާއެއް ހުރެގެން އުޅޭ ބައެއް ނޫން، މުއިއްޒަށް ކެރޭނެތޯ އަބްދުއްރަހީމްގެ މި ހުރި މައްސަލަތައް ބަލަން، ނުކުރޭނެ އިނގޭތޯ، ރައީސް މުއިއްޒަކަށް ނުކެރޭނެ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލާކަށް،"

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމުގެ ނިޔަތް ރައީސް މުއިއްޒުގެ އޮތް ނަމަ މިނިވަން ކޮމިޝަނެއް އެކުލަވާލުމަށް ޔާމީން ގޮވާލެއްވި އެވެ.

"ދައުލަތުގެ ބަންޑާރަ ނައިބު އިންނަވަން އަޅުގަނޑުމެންނަށް ރަނގަޅު، ޕްރޮސެކިއުޓަ ޖެނެރަލް ވެސް އިންނަވަންވީ، ދެން އެކަމަކު މީގައި ހިމެނެންވާނީ ވެރިކަންކުރާ ޕީއެންސީ ޕީޕީއެމްގެ ނޫން ބޭފުޅުން، ގިނަ ބަޔަކު ޝާމިލުވާ ކޮމިޝަނަށް،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ޖަލު ހުކުމް އިއްވީ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ.

އަދީބަށް މިދިޔަ ސަރުކާރުގެ ފަހު ދުވަސްވަރު މާފުދިނުމުން އޭނާ ވަޑައިގަތީ ރާއްޖޭން ބޭރަށެވެ. އޭގެ ފަހުގައި ޔާމީނަށް އިއްވި ހުކުމް ހައި ކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށް ހުކުމްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox