މި އަހަރުގެ މިހައިތަނަށް 64 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލަގެންފި

ކަސްޓަމުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

މި އަހަރުގެ މިހައިތަނަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފި އެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް އިންޓެލިޖެންސް މުހައްމަދު އަފްޒަލް ވިދާޅުވީ މިއަހަރުގެ މިހައިތަނަށް އެންމެ ގިނައިން އަތުލައިގަތީ ކެނެބިސް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހައިތަނަށް 17.38 ކިލޯގެ ކެނެބިސް އަތުލައިގަނެފައިވާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

"އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަށް ބަލާނަމަ އެންމެ ގިނައިން އަތުލައިގަނެވިފައި މިވަނީ ކެނެބިސްގެ ބާވަތް، އެއީ 17.38 ގުރާމުގެ [ކިލޯގެ] ކެނެބިސް، ދެވަނައަށް އެންމެ ގިނަ ބާވަތެއްގެ ގޮތުގައި ފާހަގަކުރެވެނީ ހެރޮއިން، ހެރޮއިންގެ ފަސް ކޭސްއަކުން ޖުމުލަ 11.60 ކިލޯގްރާމް އަތުލައިގަނެވިފައިވޭ،" އަފްޒަލް ވިދާޅުވި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް ކަސްޓަމަސްއިން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 106،358،952ރ. އަށް އަރަ އެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ ތަފާސްހިސާބު

  • ކެނެބިސް - 17.38 ކިލޯ
  • ހެރޮއިން - 11.60 ކިލޯ
  • ކޮކެއިން - 15.64 ކިލޯ
  • ސިންތެޓިކް ކެތިނޯން - 14.10 ކިލޯ
  • މެތަމްފެޓަމިން - 4.62
  • އެމްޑީއެމްއޭ - 1.15
  • އެމްފެޓަމިން - 0.35

އަފްޒަލް ވިދާޅުވީ މަސްތުވާތެކެތީގެ ވިޔަފާރި ކުރާ ގުރޫޕުތަކުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންކަމުން އެ ގައުމުތަކަށް ދަތުރުކޮށް އުޅޭ މީހުން ގޮތް ނޭނގޭ މީހުން ހަވާލު ކުރާ ތަކެއްޗާ މެދު ސަމާލުވުމަށް އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތެކެތީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރު ކުރި ބައެއް މީހުންނަކީ އެގޮތަށް އެހެން މީހަކު ދިން އެއްޗެއް އުފުލައިދިން މީހުންނެވެ. އެފަދަ މީހުންގެ ކުށެއް ނެތް ނަމަވެސް އެމީހެއްގެ އަމިއްލަ ލަގެޖުން މަސްތުވާތަކެތި ފެނިއްޖެ ނަމަ އެކަމަށް އެމީހަކު ޒިންމާ ވާން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox