ވައުދާ ހިލާފުވެއްޖެ، މޭ މަހާ ހަމައަށް 18 މިނިސްޓްރީގައި 799 ސިޔާސީ މުވައްޒަފުން!

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސިޔާސީ މުވައްޒަފުންގެ އަދަދު ހިފެހެއްޓުމަށް ވީ ވައުދާ ހިލާފުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސިޔާސީ މުވައްޒަފުންގެ އަދަދު ހިފެހެއްޓުމަށް ވީ ވައުދާ ހިލާފުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދާ ހިލާފުވެ، މެއި މަހާ ހަމައަށް 18 މިނިސްޓްރީގައި 799 ސިޔާސީ މުވައްޒަފުން ތިބި ކަން މިނިސްޓްރީތަކުން ދިން މައުލޫމާތުތަކުން އެނގިއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް ރައީސް އޮފީހާއި 22 މިނިސްޓްރީއަށް އެއިން ކޮންމެ މިނިސްޓްރީއެއްގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ދިނުމަށް އެދިފަ އެވެ.

އޭގެ ތެރެއިން 19 މިނިސްޓްރީއަކުން ޖަވާބު ދީފައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ދިން ޖަވާބަކީ ސިޔާސަތު ހިންގުމަށް ހުރަސް އެޅޭތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުމުގައި މިނިސްޓްރީން ބުނީ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ބާކީ 18 މިނިސްޓްރީން ވަނީ އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހިއްސާކޮށްފަ އެވެ.

މޭ މަހާ ހަމައަށް ސިޔާސީ މުވައްޒަފުންގެ އަދަދު ހުރި ގޮތުން

  1. ޑިފެންސް މިނިސްޓްރީ - ހަތް ސިޔާސީ މުވައްޒަފުން
  2. ފޮރިން މިނިސްޓްރީ - 16 ސިޔާސީ މުވައްޒަފުން
  3. ހޯމްލޭންޑް މިނިސްޓްރީ - 53 ސިޔާސީ މުވައްޒަފުން
  4. ފިނޭންސް މިނިސްޓްރީ - 18 ސިޔާސީ މުވައްޒަފުން
  5. ހެލްތު މިނިސްޓްރީ - 26 ސިޔާސީ މުވައްޒަފުން
  6. އިކޮނޮމިކް މިނިސްޓްރީ - 34 ސިޔާސީ މުވައްޒަފުން
  7. ފިޝަރީޒް މިނިސްޓްރީ - 39 ސިޔާސީ މުވައްޒަފުން
  8. ޓުއަރިޒަމް މިނިސްޓްރީ - 29 ސިޔާސީ މުވައްޒަފުން
  9. ޖެންޑާ މިނިސްޓްރީ - 66 ސިޔާސީ މުވައްޒަފުން
  10. ސްޕޯޓްސް މިނިސްޓްރީ - 195 ސިޔާސީ މުވައްޒަފުން
  11. އެންވަޔަރަމަންޓް މިނިސްޓްރީ - 47 ސިޔާސީ މުވައްޒަފުން
  12. ކަލްޗާ މިނިސްޓްރީ - 35 ސިޔާސީ މުވައްޒަފުން
  13. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ - 32 ސިޔާސީ މުވައްޒަފުން
  14. އިންފްރާސްޓްރަކްޗާ މިނިސްޓްރީ - 40 ސިޔާސީ މުވައްޒަފުން
  15. އެގުރިކަލްޗާ މިނިސްޓްރީ - 31 ސިޔާސީ މުވައްޒަފުން
  16. ޔޫތު މިނިސްޓްރީ - 71 ސިޔާސީ މުވައްޒަފުން
  17. ޓްރާންސްޕޯޓް މިނިސްޓްރީ - 58 ސިޔާސީ މުވައްޒަފުން
  18. އެޓާނީ ޖެނެރަލްގެ އޮފީސް - ދެ ސިޔާސީ މުވައްޒަފުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރަން އެމަނިކުފާނު ނިންމާފައިވާ ކަން ހާމަކުރީ އިންތިހާބީ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި އިރު އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލެވެ.

އޭނާ އެ ދުވަހު ވިދާޅުވި ގޮތުގައި އެއީ މިނިސްޓްރީތަކުގެ އިތުރުން ރައީސް އޮފީހާއި މުލިއާގެ ވެސް ހިމެނޭ ގޮތަށެވެ.

ރައީސް އޮފީހުން ދިން ޖަވާބަކީ ވެބްސައިޓުން އެ އަދަދު އެނގޭނެ ކަމަށެވެ. އެކަމަކު ރައީސް އޮފީހުގެ ވެބްސައިޓު އަދާހަމަވަމުން ނުދާ ކަން ފާހަގަވެ އެވެ. އަދި ފޮރިން މިނިސްޓްރީން ދިން އަދަދަކީ ވެސް އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ނުލަ އެވެ.

މީގެ އިތުރުން ހަތަރު މިނިސްޓްރީއަކުން އަދި މައުލޫމާތެއް ނުލިބެ އެވެ. އެއީ ލޯކަލް ގަވަނަންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، އަދި އެޑިއުކޭޝަން މިނިސްޓްރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox