ކުޑަ އިންޓްރެސްޓަކާއެކު ގެދޮރުވެރިކަމަށް އޮކްޓޯބަރު މަހު ލޯނު ދޫކުރަން ފަށަނީ

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއް: ގެދޮރުވެރިކަމަށް އޮކްޓޯބަރު މަހު ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއް: ގެދޮރުވެރިކަމަށް އޮކްޓޯބަރު މަހު ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި އަންނަ އޮކްޓޯބަރު މަހުން ފެށިގެން ކުޑަ އިންޓްރެސްޓަކާއެކު ލޯނު ދޫކުރަން ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގެދޮވެރިކަމަށް އޮކްޓޯބަރު މަހު ލޯނު ދޫކުރަން ފަށާނީ ފަސް އިންސައްތައަށްވުރެ އިންޓްރެސްޓު ރޭޓު ބޮޑުނުވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ފަސް ޕަސަންޓަށްވުރެ ބޮޑު ނޫން އިންޓްރެސްޓު ރޭޓުގައި ލޯނު ދޫކުރަން ފަށާނަމޭ. މީގެ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިއްޖެ. ތިން ބާވަތެއްގެ ލޯނު ލިބޭނެ ތިން ކެޓަގަރީއަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ސްކީމްގެ ދަށުން ހަ މިލިއަން ރުފިޔާއާ ހަމައަށް ކެޕް ކުރެވޭ ލޯނު ދޫކުރާނީ އާބަން ސެންޓަރުތަކަށް ކަމަށާއި ތިން މިލިއަން ރުފިޔާއަށް ކެޕް ކުރެވޭ ލޯނު ދޫކުރާނީ އާބަން ސެންޓަރުތަކަށް ކަމަށާއި އެހެން ރަށްތަކަށް ދޭނީ އެއް މިލިއަން ރުފިޔާގެ ލޯނުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ލޯނު ބޭނުންކޮށްގެން އަލުން ގެއެއް އިމާރަތް ކުރުމުގެ އިތުރުން، ނުނިމިހުރި ގެއެއް ނިންމަން ވެސް އެ ސްކީމްގެ ދަށުން ލޯނު ދޫކުރާނެ އެވެ.

"ނިންމައިލުމަށް ޓަކައި ބޭނުންވާ ލޯނުގެ ކޮންމެވެސް ޕަސަންޓެއް މިއިން އަދި އެނަގާ ލޯނު ހަދަން ފަށާ ބާކީބައި ބޭންކަށް ވަދެގެން ހޯދުމުގެ މަގުވެސް އެބަ ފަހިވެގެންދޭ. އެހެންވީމަ ބޭންކުތަކުން ދޭ 12 ޕަސަންޓު ބޮޑު އިންޓްރެސްޓް ރޭޓުގައި ނަގަން ނުޖެހި ފަސް ޕަސަންޓުގެ އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރުމުގެ ނިޒާމު ގާއިމުކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ ނަތީޖާއަކަށް ވެގެންދާނީ މި ފަސް އަހަރު ތެރޭގައި އަމިއްލަ ބާރުގައި، އަމިއްލައަށް ބޭނުންވެގެން ގެދޮރު އަޅަން ބޭނުންވާ ހުރިހާ އެންމެންނަށް ލޯނު ލިބިގެންދިޔުން ކަމަށާއި ސަރުކާރުން ހިންގާ މަޝްރޫއުތަކުން ރާއްޖޭގެ އެކި ކަންކޮޅުގައި ގެދޮރު އެޅިގެންދާނެ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ޖުމްލަ ހައްލެއް މި ދައުރުގައި ހޯދައި ދިނުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ. އެގޮތުން ރަސްމާލޭގައި އެކަނި ވެސް މި ދައުރުގައި 30،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox