ސަރުކާރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ވެމްކޯއަށް 671 މުވައްޒަފުން ނަގައިފި

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން، ފުރަތަމަ ހަތް މަހުގެ ތެރޭގައި ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އަށް އަލަށް 671 މުވައްޒަފުން ނަގާފައިވާކަން ހާމަވެެއްޖެ އެވެ.

ވެމްކޯއަށް ނެގި މުވައްޒަފުންގެ އަދަދުތައް އެ ކުންފުނިން ހިއްސާ ކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި އާރުޓީއައި ރިކުއެސްޓެއްގެ ޖަވާބުގަ އެވެ.

އެ ފަރާތުން އެދުނީ ނޮވެމްބަރު 17، 2023 އިން ޖުލައި 3، 2024 އަށް އެ ކުންފުންޏަށް އަލަށް ނެގި މުވައްޒަފުންގެ އަދަދާއި ވަކިވި ނުވަތަ ވަކިކުރި މުވައްޒަފުންގެ އަދަދު ހިއްސާކޮށްދިނުމަށެވެ.

ނޮވެމްބަރު 17، 2023 އިން ޖުލައި 3، 2024 އަށް ވެމްކޯގެ ޑިޕާޓްމަންޓުތަކަށް ނެގި މުވައްޒަފުން:

  • ދެކުނުގެ އޮޕަރޭޝަންސް: 221 މުވައްޒަފުން
  • މާލެ އޮޕަރޭޝަންސް: 99 މުވައްޒަފުން
  • ހުޅުމާލެ އޮޕަރޭޝަންސް: 92 މުވައްޒަފުން
  • އުތުރުގެ އޮޕަރޭޝަންސް: 59 މުވައްޒަފުން
  • ކޯޕަރޭޓް އެޑްމިނިސްޓްރޭޝަން: 55 މުވައްޒަފުން
  • މާފުށި އޮޕަރޭޝަންސް: 33 މުވައްޒަފުން
  • މެއިންޓަނަންސް އެންޑް އިންޖިނޭރިން: 27 މުވައްޒަފުން
  • ވިލިމާލެ އޮޕަރޭޝަންސް: 25 މުވައްޒަފުން
  • ފިނޭންސް: 22 މުވައްޒަފުން
  • ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން: 15 މުވައްޒަފުން
  • އެގްޒެކެޓިވް: ތިން މުވައްޒަފުން
  • ހިއުމަން ރިސޯސަސް: އެއް މުވައްޒަފަކު
  • އިންޓާނަލް އޮޑިޓު: އެއް މުވައްޒަފަކު
  • މެނޭޖިން ޑިރެކްޓަރުގެ ބިއުރޯ: ހަތަރު މުވައްޒަފުން
  • ޕްރޮކިއުމަންޓު: ފަސް މުވައްޒަފުން
  • ޕްރޮޖެކްޓްސް: ދެ މުވައްޒަފުން
  • ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް: ފަސް މުވައްޒަފުން
  • ވެމްކޯ އެކަޑަމީ: ދެ މުވައްޒަފުން

މި ސަރުކާރުގެ ދައުރު ފެށުނު ފެށުނު ފަހުން އެންމެ ގިނަ މުވައްޒަފުން ނެގީ ދެކުނުގެ އަތޮޅުތަކާއި މާލެ އާއި ހުޅުމާލޭގެ އޮޕަރޭޝަންސްތަކަށެވެ. މި މުއްދަތުގައި އެ ކުންފުނީގެ ވަޒީފާއިން ކެނޑި/ދުރުކުރި މުވައްޒަފުންގެ އަދަދަކީ 65 އެވެ. އެންމެ ގިނަ މުވައްޒަފުން ވަކިވީ ނުވަތަ ވަކިކުރީ މާލެ އާއި ހުޅުމާލޭގެ އޮޕަރޭޝަންތަކުންނެވެ.

ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އުފައްދާފައިވާ ވެމްކޯއަކީ ސައްތައިން ސައްތަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ހިދުމަތްދެ އެވެ.

ވެމްކޯއަކީ މިހާރު ވެސް ގެއްލުމުގައި ހިންގަމުން އަންނަ، ދައުލަތުގެ ބަޖެޓުން ދޭ ފައިސާއިން ހިންގުމުގެ ހަރަދުތައް ހަމަޖައްސަން ޖެހޭ ކުންފުންޏެކެވެ. އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުން އަގު ނަގައިގެން ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox