ޗައިނާއިން ހަދިޔާކުރި ފެން ކޭސްތައް ބަލަހައްޓާނެ މީހަކު ނެތި، ފަޅުތަނެއްގައި ހުންނަތާ ދެ މަސްދުވަސް!

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ފެން ކޭސްތަކުގެ ތެރެއިން ބައެއް ކޭސްތައް ކަނޑައިގެން ފެން ގެންގޮސްފައި -- ފޮޓޯ: އަދަދު

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ފެން ކޭސްތަކުގެ ތެރެއިން ބައެއް ކޭސްތައް ކަނޑައިގެން ފެން ގެންގޮސްފައި -- ފޮޓޯ: އަދަދު

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 1500 ޓަނުގެ މިނެރަލް ފެން ކޭސްތައް ބަލަހައްޓާނެ މީހަނު ނެތި، ހުޅުމާލޭގެ ފަޅުތަނަކަށް ދޫކޮށްލާފައި ހުންނަތާ ބަހައްޓާފައި ހުންނަތާ ދެ މަސްދުވަސްވެއްޖެ އެވެ.

އެ ފެން ބޭނުން ކުރާނީ ރާއްޖޭގެ ރަށްރަށުން ސާފު ބޯފެން ހުސްވާ ދުވަސްވަރު އެ ރަށްތަށަށް ބޭނުންވާ ފެނުގެ ގޮތުގައި ފޯރުކޮށްދޭން ކަމަށް ފޮރިން މިނިސްޓަރީން އޭރު ބުނެފައިވެ އެވެ.

ނަމަވެސް އެ ކޭސްތައް ގެނައި ގޮތަށް ބަހައްޓާފައި ހުރީ ހުޅުމާލޭ އަސުރުމާ ހިނގުމުގައި ހުރި ވަގުތީ މިސްކިތެއްގެ ގޯތި ތެރޭގަ އެވެ. 100 އެތައް ޕެލެޓެއްގައި ޖަހާފައި ހުރި އެ ފެން ކޭސްތައް ހުންނަނީ ސަތަރި އަޅައި ބަންދު ކޮށްފަ އެވެ.

ބަލަހައްޓާނެ މީހަކު ނެތި އެތަނުގައި ފެން ކޭސްތައް ބަހައްޓާފައި ހުއްޓައި އޭގެތެރެއިން ބައެއް ކޭސްތައް ކަނޑައި ބޭނުން ވެސް ކޮށްފައިވާ ކަމަށް އެތަނުން ފެންނަ މަންޒަރުން ބެލެވެ އެވެ. އެތަނުގައި ބަޔަކު މީހުން ނިދައި، މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރިކަމަށް ބެލެވޭ ނިޝާންތައް ވެސް އެބަ ހުއްޓެވެ.

ފެން ކޭސްތައް ބަހައްޓާފައި ހުރި ކުރީގެ މިސްކިތް ތެރޭގައި ބަޔަކު މީހުން ނިދަން އަޅާފައި ހުރި ގޮދަޑިތަކެއް. ފަހަތުގައި ހުރި ކަބަޑުގައި ޗައިނާޢިން ހަދިޔާކުރި ފެންފުޅިއެއް -- ފޮޓޯ: އަދަދު
ފެން ކޭސްތައް ބަހައްޓާފައި ހުރި ކުރީގެ މިސްކިތް ތެރޭގައި ބަޔަކު މީހުން ނިދަން އަޅާފައި ހުރި ގޮދަޑިތަކެއް. ފަހަތުގައި ހުރި ކަބަޑުގައި ޗައިނާޢިން ހަދިޔާކުރި ފެންފުޅިއެއް -- ފޮޓޯ: އަދަދު

ފެން ކޭސްތައް ބަހައްޓާފައި ހުރި ކުރީގެ މިސްކިތް ތެރޭގައި ބަޔަކު މީހުން ނިދަން އަޅާފައި ހުރި ގޮދަޑިތަކެއް. ފަހަތުގައި ހުރި ކަބަޑުގައި ޗައިނާޢިން ހަދިޔާކުރި ފެންފުޅިއެއް -- ފޮޓޯ: އަދަދު

ހޫނު މޫސުމުގައި ރާއްޖޭގެ ރަށްރަށުން ސާފު ބޯފެން ހުސްވުމުގެ މައްސަލައަކީ ކޮންމެ އަހަރަކު ވެސް ކުރިމަތިވާ މައްސަލަ އެކެވެ. 2022 ވަނަ އަހަރު ކޮށްފައިވާ އޮޑިޓަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 390 ރަށަކަށް ފެން ފޯރުކޮށްދޭން 40،696،771 (ސާޅީސް މިލިއަން ހަ ސަތޭކަ ނުވަދިހަ ހަ ހާސް ހަތް ސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުން 2014 ވަނަ އަހަރު ފެން ފޯރުކޮށްދީފައި ވަނީ 61 ރަށަކަށެވެ. ނަމަވެސް ފަސް އަހަރު ފަހުން 2019 ވަނަ އަހަރު 82 ރަށަކަށް ފެން ފޯރުކޮށްދޭން ޖެހުނެވެ. ރަށްރަށުގެ އަދަދުން ބަލާނަމަ އެއީ 34 އިންސައްތައިގެ އިތުރުވުމެކެވެ. ހަރަދުގެ ގޮތުން ބަލާނަމަ ފަސް އަހަރުދުވަހުގެ ތެރޭގައި ފެން ފޯރުކޮށްދޭން ދައުލަތުން ކުރި ހަރަދު 2.3 ގުނަ ވަނީ އިތުރުވެފަ އެވެ.

މި ހުރިހާ ކަމެއް މިހެން ހުއްޓައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ފެން ކޭސްތަކެއް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި އެތައް ދުވަހެއް ވަންދެން އާންމުންނަށް ވަދެ ނިކުމެވޭ ތަނެއްގައި ބަހައްޓާފައި ހުރުމުން ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ވެސް ކިޔައިފަ އެވެ.

ނަމަވެސް އެ ފެން ކޭސްތައް ރާއްޖޭގެ ރަށްރަށަށް ފޯރު ކޮށްދިނުމަށް ވެސް ނުވަތަ ރައްކާތެރި ތަނެއްގައި ރައްކާ ކުރުމަށް ވެސް މިހައިތަނަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox