މައުލޫމާތު ނުދޭތީ ރައީސް އޮފީހާ ދެކޮޅަށް އައިކޮމް އިން ޕީޖީއަށް މައްސަލަ ހުށަހަޅައިފި

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: މައުލޫމާތު ނުދޭތީ ރައީސް އޮފީހާ ދެކޮޅަށް އައިކޮމް އިން ޕީޖީއަށް މައްސަލަ ހުށަހަޅައިފި - ފޮޓޯ: އަދަދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: މައުލޫމާތު ނުދޭތީ ރައީސް އޮފީހާ ދެކޮޅަށް އައިކޮމް އިން ޕީޖީއަށް މައްސަލަ ހުށަހަޅައިފި - ފޮޓޯ: އަދަދު

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތު ދިނުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެންގުމުންވެސް ރައީސް އޮފީހުން އެންގުމަށް ތަބާނުވާތީ ފިޔަވަޅު އަޅައިދިނުމަށް އެދި މައްސަލަ ހުށަހަޅައިފި އެވެ.

އައިކޮމް އިން މި މައްސަލަ ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށެވެ. މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު "އަދަދު" އަށް ވިދާޅުވީ މައްސަލަ ހުށަހަޅަން ނިންމީ ރައީސް އޮފީހުން މައުލޫމާތު ދޭން އެންގި އެންގުމަށް އަމަލު ނުކުރުމުން ކަމަށެވެ.

އައިކޮމް އިން ހުށަހެޅި މައްސަލައާ ގުޅިގެން މައުލޫމާތު ދެއްވަމުން މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، އައިކޮމް އިން އެދިފައިވަނީ ޖިނާއީ ދައުވާއެއް ކުރުމަށް ކަަމަށް ވާތީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ތަހުގީގީ އިދާރާއަކުން ދެއްތޯ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭނީ، ޕީޖީ އޮފީހުން ފުލުހުންގެ ކިބައިން އެދިފައިވާނީ މިކަމުގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވޭތޯ ބަލާ އެކަން ހުށަހަޅަން،" ޝަފީއު ވިދާޅުވި އެވެ.

އާރުޓީއައި ގާނޫނުގައި ބުނަނީ، އައިކޮމްގެ ނިންމެއް އިސްތިއުނާފުނުކޮށް، އެ ނިންމުމަށް އަމަލު ނުކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

މިފަދަ މައްސަލައެއްގައި މިހާތަނަށް ދައުލަތުގެ އެއްވެސް އޮފީހަކާމެދު ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ރައީސް އޮފީހުން ވަނީ އާރުޓީއައި ރިކުއެސްޓުތަކަށް ޖަވާބު ދިނުން އެކީގައިހެން ހުއްޓާލައިފަ އެވެ.

ގާނޫނުގެ ދަށުން ހިފެހެއްޓެން ނެތް އެ މައުލޫމާތަށް އެދި ހުށަހެޅި ހުށަހެޅުމަށް އެއްވެސް ޖަވާބެއް ނުދޭއިރު، އެ މައްސަލަތަކުގެ އަޑުއެހުމެއްގައި ވެސް ރައީސް އޮފީހުން ބައިވެރިނުވެ އެވެ. އެކި މައްސަލަތަކުގައި މިފަހުން ބޭއްވި ހުރިހާ އަޑުއެހުމަކީ ވެސް އެކި ދުވަސް މަތިން ތާވަލުކުރުމަށް ފަހު ރައީސް އޮފީހުގެ އެދުމުގެ މަތިން ފަސްކުރުމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތު ހަމަވާތީ އައިކޮމްއަށް މަޖުބޫރުވެގެން ބާއްވާފައިވާ އަޑުއެހުންތަކެވެ.

"ރައީސް އޮފީހަކީ ސަރުކާރުގެ އެންމެ އިސް އިދާރާއަށް ވެފަ، ރައީސް އޮފީހުން މިކަމަށް އެއްގޮތަކަށްވެސް އަޅާނުލާތަން ފެނުން އެއީ ހަގީގަތުގަ މި ހައްގު އެއްކޮށް ބަލިކަށި ކޮށްލެވިދާނެ ކަމެއް،" މީގެ ކުރިން މި ނޫހަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox