ކުރީގެ ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުގެ މައުލޫމާތު ނުދޭ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ، މި ސަރުކާރުން ބަހެއް ނުބުނި

ކުރީގެ ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުގެ މައުލޫމާތު ނުދޭ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ، މި ސަރުކާރުން ބަހެއް ނުބުނި

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމަށް ހައި ކޯޓުން ކުރި ހުކުމް މިދިޔަ ސަރުކާރުގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފަށަން ތާވަލުކޮށްފައިވާ ޝަރީއަތް ކުރިއަށް ގެންދަވާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރައްދުވާ ގޮތަށް ރައީސް އޮފީހުން ހުށަހެޅި އެ މައްސަލައަކީ ކުރީގެ ރައީސް ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުތަކުގެ ފައިސާގެ މައްސަލަ ކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަށަވަރުކޮށްދިނެވެ. ސުޕްރީމްކޯޓުގެ ވެބްސައިޓްގައި ވެސް މައްސަލައިގެ މައުލޫމާތު އޮތީ އެގޮތަށެވެ.

އެ އޮފީހުން މައުލޫމާތު ދިން ގޮތުގައި އެއީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އަދި މައްސަލައިގެ ނޯޓިސް ވެސް އެ އޮފީހަށް ލިބިފައިވާ ކަމަށް ބުންޏެވެ.

އާ ސަރުކާރުން މި މައްސަލައިގެ ސްޓޭންޑް އޮތް ގޮތް ސާފުކުރަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް މިދިޔަ ބުރާސްފަތި ދުވަހު ގުޅައި ސުވާލުކޮށް އަދި ފަހުން އިއްޔެއާއި މިއަދު ސުވާލު ތަކުރާރުކޮށް މެސެޖު ކުރުމުން ވެސް އަދި ބަހެއް ވިދާޅެއް ނުވެ އެވެ.

މި ހަރަދުތައް ހާމަކުރުމަށް ރައީސް އޮފީހުން އޭރު ދެކޮޅު ހަދާފައި ވަނީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވުމަކީ ވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއް ކަން ފާހަގަކޮށެވެ.

އެހެންނަމަވެސް ހައި ކޯޓުން މެއި 25، 2023 ގައި ކުރި ހުކުމުގައި ވަނީ ގާނޫނުގެ ދަށުން ދޫނުކޮށް ހިފަހެއްޓޭނެ މައުލޫމާތު ކަމަށް ބުނެފައިވާ މައުލޫމާތެއް ލިޔުމެއްގައި ހިމެނޭނަމަ އެ މައުލޫމާތެއް އުނިކުރުމަށް ފަހު އެ ލިޔުމެއް ހާމަކުރުމަށް އަންގައިފަ އެވެ.

އެފަދަ ޒާތީ މައުލޫމާތެއް އެކުލެވޭތީ މައުލޫމާތު އެކީ ހިފަހައްޓާނަމަ ވަރަށް ބޮޑަށް މައުލޫމާތު ލިބިގަތުމުމުގެ ހައްގަށް ހުރަސް އެޅިގެންދާ ކަން ވެސް ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox