ޕޭޕަލް ގެނައުން ނަތީޖާއަކާ ހަމައަށް އަދިވެސް ނުދާ ކަމަށް ރައީސް ވިދާޅުވެއްޖެ

ޕޭޕަލް ގެނައުން ނަތީޖާއަކާ ހަމައަށް އަދިވެސް ނުދާ ކަމަށް ރައީސް ވިދާޅުވެއްޖެ

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދަށް އަހަރެން ވުމަށް ގާތްވެފައި ވާއިރު، އެކަމުގައި ނަތީޖާއަކާ ހަމައަށް އަދިވެސް ނުދާ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން އިންތިޒާމުކޮށްގެން އާޓް ގެލަރީގައި ކުރިއަށް ގެންދާ "އަންވެއިލިން ވިޒަންސް 2024" މައުރަޒު ބައްލަވައިލެއްވުމަށް ފަހު، ރައީސް މުއިއްޒު ވިދާޅުވީ ކްރިއޭޓާ އިކޮނޮމީއެއް ގާއިމުކުރުމަކީ ރިޔާސީ ވައުދެއް ކަމަށެވެ.

އެކަމަށްޓަކައި ޕޭޕަލް އާއި އޮންލައިން އެހެން ގޭޓުވޭތައް ގެންނައުމުގެ މަސައްކަތުގައި ނަތީޖާއަކާ ހަމައަށް ނުގޮސް އޮތް ސަބަބެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އެކަމުގައި "ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ"ތީ ކަމަށެވެ.

އެކަންކަން ކާމިޔާބު ވާނެ ދުވަހެއް ވިދާޅުނުވި ނަމަވެސް، އެ ވައުދު ފުއްދަވައި ދެއްވާނެ ކަމަށް ރޭ ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ތިބޭފުޅުންގެ ހުނަރުތައް ވިއްކުމުގެ ފުރުސަތުތައް ހުޅުވާލަ ދިނުމަށްޓަކައި ކަރަންޖެހޭ މަސައްކަތްތަކަށް އެބަ މަސައްކަތް ކުރެވޭ. އަޅުގަނޑު ތިބޭފުޅުންނަށް ދޭނެ ޔަގީން ކަމަކީ އެ މަސައްކަތް ކާމިޔާބުވާނެ. ކާމިޔާބު ވުމުން ތިބޭފުޅުންނަށް ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ތިބޭފުޅުންގެ ތި މަސައްކަތް ވިއްކައި އޭގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުން އުފައްދާ ތަކެތި އިންޓަނޭޝަނަލް މާކެޓުގައި ވިއްކުމުގެ ފުރުސަތު ދިނުމަށްޓަކައި ކްރިއޭޓާ އިކޮނޮމީ ގާއިމްކޮށްދ،ީ ޕޭޕަލްގެ އިތުރުން އެހެނިހެން ޕޭމެންޓު ގޭޓްވޭތައް ގެނެސް، ސެލާ އެކައުންޓްސްތައް ހުޅުވަން ޖާގަ ދ،ީ އަދި ކޮންމެ މީހަކަށް ސިޓިޒަންސް ވޮލެޓެއް ދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox