ރައީސް ހުށަހެޅުއްވީ ކުދި އާބާދީތަކަށް ތިން ކައުންސިލަރުން ތިބުމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސް ބޭފުޅުން ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފުތިތާހުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސް ބޭފުޅުން ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފުތިތާހުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ތިންހާހަށް ވުރެ މަދު އާބާދީތަކުގެ ރަށްރަށުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހަމަޖެއްސުމަށް، ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ކުރެވޭ ދިރާސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިޔާލެއް ދެއްވައިފި އެވެ.

ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ "ކުރަނގި އޮޕަރޭޝަން"ގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޭގެ އޮނިގަނޑާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

ލޯކަލް ގަވަނަންސް މިނިސްޓްރީން ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްގެން ހިންގާ ދިރާސާގެ ބޭނުމަކީ ވެސް މިހާރު ހިންގާ "ހަރަދުބޮޑު" އޮނިގަނޑުގެ ބަދަލުގައި ހިންގުމުގެ ހަރަދު މެނޭޖުކޮށް ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަން ހާސިލްކުރާނެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތެއް ހޯދުން ކަމަށް ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ.

Advertisement

"އާބާދީ ކުޑަ ރަށެއް ކަމަށް ވިޔަސް ވަރަށް ގިނަ މީހުން އިންތިހާބުކޮށްގެން ވަރަށް ގިނަ ހަރަދުތަކެއް ކުރަން ޖެހޭ ގޮތަށް ނިޒާމު ބައްޓަން ކުރުމުން އެންމެ އެދޭ ނަތީޖާއެއް ނުއެއް އާދޭ،" މާލޭގެ މޭޔަރު ކަން ވެސް ކުރައްވާފައިވާ، ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ދެން ހިޔާލެއްގެ ގޮތުގައި ހުށަހެޅުއްވީ 3000 މީހުން ހަމަނުވާ ރަށްރަށުގައި ތިން ކައުންސިލަރުން ތިބުމަށެވެ. އެއީ މީގެ ކުރިން 2014 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ވެސް ރަށްރަށަށް ކައުންސިލަރުން އިންތިހާބު ކުރި އަދަދެވެ. ފަސް ކައުންސިލަރުންނަށް އިތުރުކުރީ 2021 ވަނަ އަހަރުގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހިޔާލަކީ ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު އެއިން އެއް ކައުންސިލަރަކީ އަންހެނުން ތަމްސީލްކުރާ ކައުންސިލަރެވެ. އަދި ޒުވާނުން ތަމްސީލްކުރަން އެއް ކައުންސިލަރަކު އިންތިހާބު ކުރުމަށެވެ. ދެން އިންތިހާބުކުރާނީ ކައުންސިލްގެ ރައީސެވެ.

"މިފަދަ އޮނިގަނޑަކުން އަންހެނުން ރެޕްރެޒެންޓް ކުރެވިގެން ދާނެ، ޒުވާނުން ރެޕްރެޒެންޓްކުރެވިގެން ދާނެ، ދެން އެ ލިބޭ ބަޖެޓުގެ ބޮޑު ބައެއް، ސިވިލް ސާވެންޓުންނަށް ބޮޑު މުސާރައެއް ދެވޭ ގޮތަށް ބައްޓަން ކުރުމުން މާ ފުރިހަމައަށް ހިންގޭނެ، މުޅި ކައުންސިލް އުފާވެރިކޮށް މާ ރަނގަޅަށް ހިންގޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިރޭ އެ ހިޔާލު ހުށަހެޅުއްވި ނަމަވެސް ފަހުގެ ނިންމުން ނިންމާނީ ކައުންސިލްތަކުގެ މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ އިލްމީ ދިރާސާއަށް ފަހު އެ ދިރާސާއިން ފާހަގަވާ ކަންކަމުގެ އަލީގައި ވީހާވެސް ގިނަ ބަޔެއްގެ ހިޔާލު ހޯދުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލްތައް ބާރުވެރިކުރުމަކީ މި ސަރުކާރުގެ ވެސް ސިޔާސަތެއް ކަން ފާހަގަ ކުރައްވައި ޓުއަރިޒަމްގެ ޓެކްސްއިން ބައެއް ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެންނާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅަކުން ވެސް އެންމެ އަސާސީ ހިދުމަތްތައް ލިބިގެން ދިޔުން ކަމަށް ރައީސް ވިދާޅުވި އެވެ. މިހާރު ވެސް އާންމު އެތައް ހިދުމަތަކަށް މާލެ ސަރަހައްދަށް ބަރޯސާވާން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox