ޝަރީއަތަށް ނުފޫޒު ފޯރުވި މި ސަރުކާރު ބޭފުޅުންގެ ފުލް ލިސްޓު އެބަ އޮތް: ޔާމީން

ޔާމީން މިނިވަންވެވަޑައިގެން ވަކީލުންނާ އެކު ހައި ކޯޓު ބޭރުގައި: ޝަރީއަތަށް ނުފޫޒު ފޯރުވި މި ސަރުކާރު ބޭފުޅުންގެ ލިސްޓު އެބަ އޮތް ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

ޔާމީން މިނިވަންވެވަޑައިގެން ވަކީލުންނާ އެކު ހައި ކޯޓު ބޭރުގައި: ޝަރީއަތަށް ނުފޫޒު ފޯރުވި މި ސަރުކާރު ބޭފުޅުންގެ ލިސްޓު އެބަ އޮތް ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

ޕީއެންސީ/ޕީޕީއެމްގެ ލީޑަރަކަށް ކުރިން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް މިހާރު އެ އިއްތިހާދުގެ ސަރުކާރުގައި އިސްކޮށް ހުންނެވި ބޭފުޅުންގެ ތެރެއިން ނުފޫޒު ފޯރުވި ބޭފުޅުންގެ "ފުލް ލިސްޓު" އެބަ އޮތް ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން މިހާރު ހިންގަވާ ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ލަސް ކުރުމަށް މި ސަރުކާރުގެ އިސް ބޭފުޅުންގެ ބައިވެރިވުން އެބަ އޮތް ކަމަށެވެ.

ނަމަވެސް ތުހުމަތުކުރައްވާ ބޭފުޅުންގެ ނަންތައް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެ ނަންތައް ހާމަކުރަން ޖެހޭ ވަގުތު އައުމުން އެ ކަން ވެސް ކުރައްވާނެ ކަމަށެވެ.

"ހައި ކޯޓުގައި އަޅުގަނޑުގެ މައްސަލަ ހިނގަމުން ދިޔައިރު އޭގެތެރެއަށް އަތް ބާނައި އަޅުގަނޑަށް ގެއްލުން ދޭން މިހާރު ތި ގަރުދިޔަ ޖަގަހައިގައި މަސައްކަތް ކުރާ އިސް ބޭފުޅުންގެ ތެރެއިން ކޮން ބައެއް ކަން، ފުލް ލިސްޓު އެބަ އޮތް، ކޮން ފަނޑިޔާރަކާތޯ ގުޅީ ވެސް އަޅުގަނޑަށް އެނގޭ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނަށް ލިބިފައި އޮތް ރިޔާސީ ކެންޑިޑެސީ ބާތިލު ކުރުމަށް ޕާޓީގެ ތެރެއިން ބައެއް ބޭފުޅުން މަސައްކަތް ކުރި ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ. އޭގައި އެންމެ އިސްކޮށް ހުންނެވީ މިހާރު ސަރުކާރުގެ ވަޒީރަކު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"އެ ކަންކަން އަޅުގަނޑުމެންނަށް ނޭނގެނީއަކީ ނޫން އިނގޭތޯ، އަދި ވަގުތު ނުޖެހޭތީ އަޅުގަނޑުމެން އެ ބޭފުޅުންގެ ނަންނަން ހާމަ ނުކުރަނީ އިނގޭތޯ، އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެ ބޭފުޅުންގެ ތެރެއިން ކޮން ބައެއްގެ ވާހަކަ ކަން މި ދައްކަނީ،" ޔާމީން ވިދާޅުވި އެވެ.

ހައި ކޯޓުގައި ހިނގަމުން ދިޔަ އިސްތިއުނާފުގެ ޝަރީއަތް ހުކުމާ ހަމައަށް ވާސިލްވުމަށް ފަހު، އެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ޗުއްޓީއާއި އެހެނިހެން އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް އެ މައްސަލައިގެ ހުކުމް އިއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށެވެ.

މިނިވަން ކުރަން ހެޔޮ ނިޔަތުގައި މަސައްކަތެއް ނުކުރޭ

ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް ޔާމީން މިނިވަން ކުރުމުގެ ނިޔަތުގައި އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވެސް ޔާމީން ރޭ ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް ފަހު ޔާމީން މިނިވަން ކުރަން އެމަނިކުފާނު އެދިވަޑައިގެންފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެ މީޓީންގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭށޭ، ރައީސް ޔާމީން މިނިވަންކޮށްދޭށޭ މުއިއްޒެއް ނުބުނޭ، މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެއް، އެއީ އެހާ ކުރީކޮޅު،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރިޔާސީ ދައުރުގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ ހިޔާނާތުގައި ހިމެނޭ ކަމަށް ބުނާ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އޭގެ ކުރިން ވެސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވި އިރު އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ދަށު ކޯޓުގައި އަދި ނުނިމެ އެވެ. ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލޭން ކްރިމިނަލް ކޯޓަށް އިމާރާތެއް މި ފަހުން ހަމަޖެއްސި ފަހުން ވެސް މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox