މުލި މިރޭ ވެސް ކަނު އަނދިރީގައި، ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވެއްޖެ

މ. މުލި، އެރަށުން ރޭ ކަރަންޓު ކެނޑުނު ގޮތަށް އަދިވެސް ކަރަންޓު ނުލިބޭ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

މ. މުލި، އެރަށުން ރޭ ކަރަންޓު ކެނޑުނު ގޮތަށް އަދިވެސް ކަރަންޓު ނުލިބޭ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ރޭ ދަންވަރު ކަރަންޓު ކެނޑުނު ގޮތަށް އަދިވެސް އެހިދުމަތް ނުލިބި، މ.މުލީ ރައްޔިތުން މިރޭ ވެސް ކަނު އަނދިރީގައި ހޭދަކުރަން ޖެހިއްޖެ އެވެ.

މުލީގައި ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް ދެ ދުވަސް ކުރިން ފެށިގެން މައްސަލަ ދިމާވާތީވެ، ކަރަންޓު ދެމުންދިޔައީ ބައެއް ވަގުތުތަކު އެވެ.

މުލިން މިރޭ "އަދަދު"އާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އެއްގޮތަކަށް ވެސް ކަރަންޓް ނުލިބި އެރަށު ރައްޔިތުން މިރޭ ތިބީ ވަރަށް ބޮޑު ހާސްކަމެއްގަ އެވެ. ސައްވީސްގަޑިއިރު ކަރަންޓް ލިބެން ފެށި ފަހުން އެއްގޮތަކަށް ވެސް ކަރަންޓް ނުލިބި މިހާ ގިނަ ވަގުތު ހޭދަކުރާ މިއީ ފުރަތަމަ ފަހަރު ކަމަށް ވެސް އެމީހުން ބުންޏެވެ.

މުލީ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ލިބުން ލަސްވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.

ސޯޝަލް މީޑިއާ އެކްސްގައި އެ ކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ ހިދުމަތްފަދަ އަސާސީ ހައްޤެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑިފައިވުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމެއްކަމުގައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށް ގޮވައިލަން. އަދި މި މައްސަލައަށް ހައްލެއް ލިބުމާއިހަމައަށް މިކަން ކޮމިޝަނުން ވަރަށް ގާތުން މޮނީޓަރ ކުރަމުންދާނެ ކަމުގައި ދަންނަވަން،" އެޗްއާރްސީއެމްގެ ޕޯސްޓްގައި ބުންޏެވެ.

މުލިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން މޮނީޓަރކުރަމުން އަންނަ ކަމަށާއި އިދާރާތަކާއިއެކު މަޝްވަރާކޮށް އަވަސްހައްލެއް ލިބޭތޯބަލަމުން އަންނަ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

މ. އަތޮޅުގެ ވެރިރަށް، މުލީގައި ކަރަންޓު ކެނޑިފައި އޮތުމުގެ ސަބަބުން ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސްކޫލްގެ ކިޔެވުން ވެސް މިއަދު ބަންދުކުރި އެވެ.

"ކަރަންޓު ނެތި އޮފީސްތައް ނުހިންގޭނެ. ސްކޫލުގައި ކިޔެވުން ވެސް ބަންދުކުރީ އެހެންވެ. އަދި ކަރަންޓު ނެތުމުން އާންމު ވިޔަފާރިތަކަށް ވެސް ގެއްލުންތައް އެބަ ލިބޭ. އައިސްކޮށްފައި ބަހައްޓަންޖެހޭ ތަކެތި ހަލާކު ވަމުން އެބަދޭ،" ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒު ވިދާޅުވި އެވެ.

މުލީގައި ކަރަންޓު ދިޔައީ ރޭ ދަންވަރު އެވެ. ނަމަވެސް ދެ ދުވަސް ކުރިން ފެށިގެން މައްސަލަ ދިމާވާތީވެ، ކަރަންޓު ދެމުންދިޔައީ ބައެއް ވަގުތުތަކު އެވެ.

"އަސްލު މައްސަލައަކީ ލޯޑު ބޮޑުވުމާއި، [ޖަނަރޭޓަރުތައް] މަރާމާތު ނުކުރުން،" ޝަމްއޫން ވިދާޅުވި އެވެ.

އެ ރަށަށް ކަރަންޓުގެ ހިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ ކަރަންޓު ދިޔައީ ޖަނަރޭޓަރު ސެޓަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ ރަށަށް ގެންގޮސްފައި ހުރި އާ ޖެންސެޓު ގުޅުމުގެ މަސައްކަތްކޮށް، މިއަދު މުޅި ރަށަށް އަލުން ކަރަންޓު ދެވޭނެ އޭނާ ވިދާޅުވި އެވެ.

މުލިން ވާހަކަ ދެއްކި މީހަކު ބުނީ ބައެއް ފިހާރަތައް ހުރީ ބަންދުކޮށްފައި ކަމަށާއި، އަދި ހޫނުގަދަވެގެން ރޭ ބައެއް މީހުން ނިދީ މަގުމަތީގައި ކަމަށެވެ.

"ބައެއް ފިހާރަތަކުގެ ވެރިން ތިބީ ވެސް ފިހާރަތަކުގެ ދޮރުމަތީގައި ގޮދަޑި އަޅައިގެން ނިދަން،"

މުލީގެ އާބާދީއަކީ 1014 އެވެ. އެއީ 520 ފިރިހެނުންނާއި 492 އަންހެނުންނެވެ. އަތޮޅު ހޮސްޕިޓަލް އެ ރަށުގައި ހިންގަމުން އަންނައިރު، މިހާރު ވަނީ އެއާޕޯޓެއް ވެސް ތަރައްގީކޮށް، ރަށުގެ އިގުތިސޯދު ފުޅާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox