މުލީ ކަރަންޓު މައްސަލަ: އޮފީސްތަކާއި ސްކޫލު ބަންދު، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް!

މ. މުލި

މ. މުލި

މ. އަތޮޅުގެ ވެރިރަށް، މުލީގައި ކަރަންޓު ކެނޑިފައި އޮތުމުގެ ސަބަބުން ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސްކޫލްގެ ކިޔެވުން ބަންދުކޮށްފި އެވެ.

"ކަރަންޓު ނެތި އޮފީސްތައް ނުހިންގޭނެ. ސްކޫލުގައި ކިޔެވުން ވެސް ބަންދުކުރީ އެހެންވެ. އަދި ކަރަންޓު ނެތުމުން އާންމު ވިޔަފާރިތަކަށް ވެސް ގެއްލުންތައް އެބަ ލިބޭ. އައިސްކޮށްފައި ބަހައްޓަންޖެހޭ ތަކެތި ހަލާކު ވަމުން އެބަދޭ،" ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒު ވިދާޅުވި އެވެ.

މުލީގައި ކަރަންޓު ދިޔައީ ރޭ ދަންވަރު އެވެ. ނަމަވެސް ދެ ދުވަސް ކުރިން ފެށިގެން މައްސަލަ ދިމާވާތީވެ، ކަރަންޓު ދެމުންދިޔައީ ބައެއް ވަގުތުތަކު އެވެ.

"އަސްލު މައްސަލައަކީ ލޯޑު ބޮޑުވުމާއި، [ޖަނަރޭޓަރުތައް] މަރާމާތު ނުކުރުން،" ޝަމްއޫން ވިދާޅުވި އެވެ.

އެ ރަށަށް ކަރަންޓުގެ ހިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އަދަދު ނޫހަށް ވިދާޅުވީ ކަރަންޓު ދިޔައީ ޖަނަރޭޓަރު ސެޓަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ ރަށަށް ގެންގޮސްފައި ހުރި އާ ޖެންސެޓު ގުޅުމުގެ މަސައްކަތްކޮށް، މިއަދު މުޅި ރަށަށް އަލުން ކަރަންޓު ދެވޭނެ އޭނާ ވިދާޅުވި އެވެ.

މުލިން ވާހަކަ ދެއްކި މީހަކު ބުނީ ބައެއް ފިހާރަތައް ހުރީ ބަންދުކޮށްފައި ކަމަށާއި، އަދި ހޫނުގަދަވެގެން ރޭ ބައެއް މީހުން ނިދީ މަގުމަތީގައި ކަމަށެވެ.

"ބައެއް ފިހާރަތަކުގެ ވެރިން ތިބީ ވެސް ފިހާރަތަކުގެ ދޮރުމަތީގައި ގޮދަޑި އަޅައިގެން ނިދަން،"

މުލީގެ އާބާދީއަކީ 1014 އެވެ. އެއީ 520 ފިރިހެނުންނާއި 492 އަންހެނުންނެވެ. އަތޮޅު ހޮސްޕިޓަލް އެ ރަށުގައި ހިންގަމުން އަންނައިރު، މިހާރު ވަނީ އެއާޕޯޓެއް ވެސް ތަރައްގީކޮށް، ރަށުގެ އިގުތިސޯދު ފުޅާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox