ކޮންމެ ދުވަހަކު ގެނެސްދޭން ބުނި ރައީސްގެ ޖަވާބު ސިލްސިލާ ހުއްޓިފައި އޮންނަތާ ދެ މަސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ދުވަހަކު ކޮންމެވެސް ރައްޔިތެއްގެ ސުވާލަކަށް ޖަވާބުދެއްވުމަށް އަމާޒު ހިފައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފެށްޓެވި "ރައީސްގެ ޖަވާބު" ސިލްސިލާ ހުއްޓިފައި އޮންނަތާ ދެ މަސް ވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ވީޑިއޯއެއް އެންމެފަހުން އާންމު ކުރީ މިދިޔަ އޭޕްރިލް 7، ގަ އެވެ. އޭގެ ފަހުން މި ފާއިތުވި ދެ މަސް ތެރޭގައި ރައީސް އޮފީހުން ގެނެސްދޭ އެ ސިލްސިލާގެ އެއްވެސް ވީޑިއޯއެއް ގެނެސްދީފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ދެއްވީ މިދިޔަ މަހު ވެސް އެކަމާ ގުޅޭގޮތުން ދެއްވި ޖަވާބެވެ.

"ރައީސްގެ ޖަވާބު ސިލްސިލާ ކުރިއަށް ގެންދިޔުމަށްޓަކައި ޕޯޓަލެއް ހެެދުމުގެ މަސައްކަތް ކުރަމުންދަނީ. ޕޯޓަލް ނިމުނުހައި އަވަހަކަށް ޖަވާބު ޕްރޮގުރާމު ފެށޭނެ،" ހީނާ ވިދާޅުވި އެވެ.

މިދިޔަ މަހު ވެސް ރައީސް ޖަވާބު ސިލްސިލާ މެދުކެނޑިފައި އޮތީ ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ކަމަށާއި ވަރަށް އަވަހަށް އެ ސީރީސް ފަށްޓަވާނެ، ކަމަށް ހީނާ ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ ސިލްސިލާގެ އެއްވެސް ވީޑިއޯއެއް އާންމުކޮށްފައެއް ނުވެ އެވެ.

ހުރިހާ ރައްޔިތުންނަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހީނާ ވިދާޅުވިއިރު، ސީދާ ރައީސްއާ ސުވާލު ކުރެވޭނެ ޕޯޓަލްއެއް މިދިޔަ ފެބްރުއަރީ 23، ވަނަ ދުވަހު ސަރުކާރުން ވަނީ އިފްތިތާހުކޮށްފަ އެވެ.

އީފާސް ބޭނުން ކޮށްގެން ލޮގިން ވެވޭ އެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކާއި ޝަކުވާތަކުގެ އިތުރުން ސަރުކާރު ހިންގުމަށް ގެންނަން ބޭނުންވާ ހިޔާލު ވެސް ސީދާ ރައީސްއަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.

އެ ޕޯޓަލް އިފްތިތާހު ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް އެދުވަހު ވިދާޅުވީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް މަގުފަހި ކުރަންޖެހޭނެ ކަމަށާއި، އެ ޕޯޓަލް އިފްތިތާހު ކުރުމުގެ މަގުސަދަކީ ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް އެމަނިކުފާނުގެ އަރިހުން އެހޭނެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"ޕޯޓަލްއަށް ފޮނުވާ ސުވާލުތަކަށް ޖަވާބު ދޭނީ އަޅުގަނޑު. ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ގާއިމުކުރާނެ ކަމަށް އަޅުގަނޑު ވައުދުވީ. ޖަވާބު ދޭނަން އިރާދަކުރެއްވިޔާމުން. ޖަވާބު ނުދީ ކަންކަން ވާނުވާ ނޭގޭ ގޮތަކަށް އޮތުމަކީ އަޅުގަނޑު ކުރާ ހަމައެއް ނޫން," ރައީސް މުއިއްޒު އެދުވަހު ވިދާޅުވި އެވެ.

ރައީސް އެ ދުވަހު އެހެން ވިދާޅުވި ނަމަވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ވެސް ރައީސް ޖަވާބެއް ނުދެއްވާތާ އެތައް ދުވަހެއް ފާއިތުވެފައިވާ ކަމަށް ބުނެ އެ ޕޯޓަލަށް ސުވާލު ހުށަހެޅި މީހުން "އަދަދު" އަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެގޮތުން ބައެއް ރައްޔިތުން މީގެ ތިން މަސް ކުރިން ހުށަހެޅި ސުވާލުތަކަށް ވެސް ޖަވާބު ލިބިފައި ނުވާ ކަމަށް އެ މީހުން ބުންޏެވެ.

ރައީސްގެ ޖަވާބު ސިލްސިލާ އެއްކޮށް ހުއްޓިފައި އޮންނަތާ ދެ މަސްދުވަސް ފާއިތުވެގެން ދިޔައިރު، ރައީސް މީޑިއާތަކާ ބައްދަލު ނުކުރާތާ ވެސް ވަނީ އެތައް ދުވަހެއް ފާއިތުވެފަ އެވެ. ރައްޔިތުންނާއި މީޑިއާތަކާ ބައްދަލު ނުކުރެއްވި ނަމަވެސް ޕީއެންސީ އޮފީހުގައި ކުރިއަށް ގެންދާ ސިޔާސީ ބައްދަލުވުންތަކުގައި ރައީސް ގެންދަވަނީ ގަވާއިދުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ސިލްސިލާއެއްގެ ގޮތުގައި "ރައީސްގެ ޖަވާބު" ގެ ނަމުގައި ޕްރޮގުރާމެއް ރައީސް އޮފީހުން ގެނެސްދޭން ފެށީ ފެބްރުއަރީ 1، ގަ އެވެ. އެ ޕްރޮގުރާމު އޭރު ސަރުކާރުން ވަރަށް ގަދައަށް ޕްރޮމޯޓު ވެސް ކުރި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް މުއިއްޒު އެ ސިލްސިލާގެ ވާހަކަ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox