ފެނަކައިގެ މައްސަލަތައް ލަސްވަނީ މިހާރުގެ މެނޭޖުމަންޓުން މައުލޫމާތު ހިއްސާ ނުކުރާތީ ކަމަށް އޭސީސީން ބުނެފި

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު, މިހާރު އެމްޑީ މުއާޒު އަދި އޭސީސީގެ ރައީސް ޝާމިލް (މ). ފެނަކައާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް މިދިޔަ އަހަރުތަކުގެ ތެރޭގައި ލިބުނު ކަމަށް އޭސީސީން ބުނޭ ---

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު, މިހާރު އެމްޑީ މުއާޒު އަދި އޭސީސީގެ ރައީސް ޝާމިލް (މ). ފެނަކައާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް މިދިޔަ އަހަރުތަކުގެ ތެރޭގައި ލިބުނު ކަމަށް އޭސީސީން ބުނޭ ---

މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގައި އޮތް މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ހަ މައްސަލައެއް ބަލަމުންދާ ކަމަށާއި އެ ތަހުގީގުތައް ލަސްވަނީ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން މައުލޫމާތު ހިފަހައްޓާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް މިއަދު މެންބަރަކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝާމިލް ވިދާޅުވީ، މި މައްސަލަތައް ބެލުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ލިބުމުގައި ލަސްތަކެއް އައުން ކަމަށެވެ.

"އަޅުގަނޑުމެން ފެނަކައިން މައުލޫމާތު ހޯދަންވެގެން މިސާލަކަށް އެޕްރީލް މަހު ފޮނުވާފަ އޮތް މައުލޫމާތު ހޯދަން ފޮނުވާފަ އޮތް ކަމެއް، މިއަދާ ހަމައަށްވެސް ނުލިބި އެބައޮތް، އެންމެ މިސާލެއް އަޅުގުނޑު މި ދެންނެވީ،" ޝާމިލް ވިދާޅުވި އެވެ.

މައުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން، ފެނަކައިގެ އޮފީހަށް ވަދެ ތަހުގީގު ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ މައުލޫމާތުތައް ހޯދާފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގަ މައުލޫމާތު ނުލިބުނީމަ އަޅުގަނޑުމެން ވާނެ ފެނަކައަށް ގޮސް ސާޗުކޮށް ވަދެ މިހާރު އަޅުގަނޑުމެންނަށް މިވަގުތަށް މައްސަލަ ކުރިއަށް އޮތް ގޮތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ކޮމިޝަނަށް ހޯދާފަ،" ޝާމިލްވެސް ވިދާޅުވި އެވެ.

އާދަޔާ ހިލާފަށް ޝަކުވާ، ބަލަނީ ހަ މައްސަލައެއް

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީއިން އިތުރަށް ފާހަގަކުރީ މިދިޔަ މެނޭޖްމަންޓާ ގުޅުވާ، އޭސީސީއަށް އާދަޔާ ހިލާފަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލަތައް ބެލުމަށް ކޮމިޝަނުގެ މުވައްޒަފުންގެ ވަގުތާއި ވަސީލަތްތައް އާދަޔާ ހިލާފަށް ބޭނުންކުރަން ޖެހުނުކަންވެސް އޭސީސީގެ ރައީސް ފާހަގަކުރެއްވި އެވެ.

މި މައްސަލަތައް މިދިޔަ އަހަރުން ފެށިގެންވެސް ފާހަގަވެ، ކުރިއަށް ގެންދާނެ ގޮތްތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި ތަހުގީގު ކުރިއަށް ގެންދަނީ ވިސްނުންތެރިކަމާއެކު އެވެ. އެގޮތަށް ގެންދިއުމުން ކާމިޔާބީތަކެއް ލިބިފައިވާކަންވެސް އެ ކޮމިޝަނުން ފާހަގަކުރި އެވެ.

"ހަ މައްސަލައެއް މިވަގުތުވެސް ތުހުމަތާ އެއްކޮށް ފެނަކައިގެ އޭރުގެ ވެރިންނަށް އަޅުގަނޑުމެން މިދަނީ ތަހުގީގުކުރަމުން،" ޝާމިލް ވިދާޅުވި އެވެ.

މައްސަލަތަކުގެ ނަންބަރު މަދުވި ނަމަވެސް އެއީ ބޮޑެތި މައްސަލަތައް ކަމަށާއި އޭގެ ތެރޭގައި އެއް ބާވަތަކުން ލިބިފައިވާ އެތައް ޝަކުވާތަކެއް އެއް މައްސަލައެއްގެ ގޮތުގައި އޭސީސީއިން ބަލަމުންދާ ކަންވެސް ކޮމިޓީ މެންބަރުންނަށް ހިއްސާކުރެއްވި މައުލޫމާތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ފެނަކަ އުފެދުނު ހިސާބުން ފެށިގެން އަންގަމުން އެބަ ގެންދަން ރެކްރޫޓުމަންޓުގައި ހުރި މައްސަލަތަކަކީ މިއޭ, އުސޫލުތަކުގައި ހުރި މައްސަލަތަކަކީ މިއޭ. މިއަށް ޕެޗު ނާޅައިފިއްޔާ މިދިމާވާ ހުރިހާ މައްސަލައެއް ދިމާވާނެ ކަމަށް ދެންނެވިން," ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox