އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
މިއަދު ހެދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައި ރައީސް އަށް ފަތްކޮޅު އަރުވާފައިވަނީ، ސްލޮވަކް ރިޕަބްލިކް، ކެމްބޯޑިއާ، އަޔަލެންޑް، ޗިލީ، އޮމާން، ޕެރޫ، ލައޯސް ޕީޕަލްސް ޑިމޮކުރަޓިކް ރިޕަބްލިކް އަދި ފިންލޭންޑުގެ ސަފީރެވެ.
އެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
އަލަށް ކަނޑައެޅި ސަފީރުން
- ސްލޮވަކް ރިޕަބްލިކް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ރޮބާޓް މެކްޝިއަން
- ކެމްބޯޑިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ކޮއި ޔޮންގް
- އަޔަލެންޑް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ކެވިން ކެލީ
- ޗިލޭ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ޖުއަން އަންގުލޯ
- އޮމާން އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ އަހްމަދު އަލީ ސައިދު އަލް ރަޝްދި
- ޕެރޫ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ޖެވިއަރ މެނުއަލް ޕައުލިނިޗް ވާލަޑެ
- ލައޯސް ޕީޕަލްސް ޑިމޮކުރަޓިކް ރިޕަބްލިކް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ބައުންމީ ވަންމަނީ
- ފިންލެންޑް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ކިންމޯ ލާހްޑެވިރްޓާ
މި ހުރިހާ ގައުމަކުން ވެސް ރާއްޖެއަށް ކަނޑައަޅާފައިވަނީ ނޮން-ރެސިޑެންޓް ސަފީރުންނެވެ. އެހެންކަމުން އެ ހުރިހާ ގައުމެއްގެ ސަފީރުން މަސައްކަތް ކުރައްވާނީ އިންޑިއާގެ ނިއު ދިއްލީގަ އެވެ.














