"ހަރަދު ކުޑަކުރަން" ފެނަކައިން މަހަކު ހަތަރު ލައްކަ ރުފިޔާއަށް ދޯންޏެއް ކުއްޔަށް ނަގައިފި

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް: މިހާރު ކުރަން ޖެހޭ ހަރަދު ކުރިއަށް ވުރެ ކުޑަވާނެ ކަަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް: މިހާރު ކުރަން ޖެހޭ ހަރަދު ކުރިއަށް ވުރެ ކުޑަވާނެ ކަަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފެނަކަ ކޯޕަރޭޝަނުން މަހަކު ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭ ގޮތަށް ދޯންޏެއް ކުއްޔަށް ނެގީ ދަތުރުފަތުރަށް ކުރާ ހަރަދުތައް ކުޑުކުރަން ކަމަށް އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އެއްބަސްވެވަޑައިގެންފި އެވެ.

ފެނަކައަށް ދޯންޏެއް ކުއްޔަށް ނަގާފައި ވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެ ދޯނި ކުއްޔަށް ނަގާފައި ވަނީ ނުފޫޒުން ވަކި ކުންފުންޏަކުން ކަމަށް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެކަމާ ގުޅިގެން މުއާޒް "އަދަދު" އަށް ވިދާޅުވީ އެއް އަހަރު ދުވަހަށް ދޯންޏެއް ކުއްޔަށް ނަގާފައި ވަނީ އޮޑިމެރިން ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށާއި އެކަން ކުރީ ޕްރޮކިއުމަންޓުގެ އުސޫލުތަކާ އެއްގޮތަށް އެންމެ ރަނގަޅު ކުންފުންޏަށް ކަމަށެވެ.

ދޯނި ކުއްޔަށް ދިނުމުގައި އެއްވެސް ނުފޫޒެއް ނޯނާނެކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ އެގޮތަށް ތުހުމަތު ކުރެވޭނަމަ، އޭސީސީއަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

"ކުރީ ސަރުކާރުން ދޯނި ކުއްޔަށް ނެގުމުގެ ބަދަލުގައި ފައިސާ ނަގަމުން ދިޔައީ ކޮންމެ ދަތުރަކަށް. އެހެން ހެދީމަ ކޮންމެ އަހަރަކު އެބަ ހަރަދުވޭ 100 މިލިއަނެއްހާ ރުފިޔާ. ނަމަވެސް ދޯންޏެއް ކުއްޔަށް ނެގުމުން 70 މިލިއަން ރުފިޔާ އެބަ ސަލާމަތް ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ކުއްޔަށް ނަގާފައިވާ ދޯނީގެ އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވާންވާއިރަށް ފެނަކައަށް ދޯންޏެއް ގަންނަން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ވެސް ދޯންޏެއް ގަންނަން ގެޒެޓް ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ލޭންޑިން ކްރާފްޓެއް ގަތުމަށް ވެސް އިއުލާންކޮށްފައިވާ ކަމަށާއި ދޯންޏާއި ލޭންޑިން ކްރާފްޓަށް ބޭނުންވާ މެޝިނަރީސް ވެސް ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނަކައިން އަންނަނީ އެ ކުންފުނީގެ ހަރަދު ކުޑަ ކުރުމަށް ކަމަށް ބުނެ، އެ ކުންފުންޏަށް ނަގާފައިވާ ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރަމުންނެވެ. އެކަމާ ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، މުޒާހަރާތައް ވެސް އެކި ރަށްރަށުގައި ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox