ޗައިނާގެ ރިސާޗު އުޅަނދު އަނެއްކާވެސް އިންޑިއާ ކަނޑަށް، މިސްރާބު ހުރީ ރާއްޖެއާ ދިމާލަށް

ޗައިނާގެ ރިސާޗު އުޅަނދު , ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި: އެ އުޅަނދު އަނެއްކާވެސް ވަނީ ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާފައި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޗައިނާގެ ރިސާޗު އުޅަނދު , ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި: އެ އުޅަނދު އަނެއްކާވެސް ވަނީ ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާފައި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި އަހަރު ކުރީކޮޅު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ކައިރީގައި އެނބުރުނު ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, އަނެއްކާވެސް އިންޑިއާ ކަނޑަށް އައިސް ރާއްޖެއާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ޗައިނާގެ ރިސާޗު އުޅަނދުތަކުން އަމަލުކުރާ އުސޫލުގެ ދަށުން މިފަހަރުވެސް މި އުޅަނދުގެ އިންޑިއާ ކަނޑަށް ނުކުތީ އާންމު ޓްރެކިން ސައިޓުތަކަށް ނުފެންނާނެހެން ޓްރެކިން ޑިސްއޭބަލް ކޮށްގެންނެވެ.

ގިނަ ސައިޓުތަކަށް ޗައިނާގެ އުޅަނދުން އެންމެ ފަހުން ސިގްނަލެއް ލިބިފައިވަނީ ޖުލައި 12، ގައި އިންޑޮނޭޝިއާގެ އުތުރުންނެވެ. މި ދަތުރު ފަށާފައިވަނީ ޖުލައި 4، ގައި ޗައިނާގެ ޝިއާމެން އިންނެވެ.

ނަމަވެސް ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ އިންޑިއާ ކަނޑުގަ އެވެ. އެ އުޅަނދުގެ މިސްރާބު ރާއްޖެއާ ދިމާލަށް ހުރިއިރު މިއަދުގެ ވަގުތެއްގައި އެ އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޯޑަރާ ހަމައަށް ފޯރާނެ ކަމަށް ބެލެވެ އެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ލަންކާއިން މި ބޯޓު އެ ގައުމަށް ވަނުން އަހަރަކަށް މަނާކޮށްފައިވާއިރު، މި ދަތުރުގައިވެސް ޝިއެން ޔެން ހޮން 3 އިން ރާއްޖޭގައި ބަނދަރުކުރުން އެކަށީގެންވެ އެވެ.

ޝިއެން ޔެން ހޮން 3 އިންޑިއާ ކަނޑުގައި، މިސްރާބު ހުރީ ރާއްޖެއާ ދިމާލަށް - ފޮޓޯ: ވެސެލް ފައިންޑާ
ޝިއެން ޔެން ހޮން 3 އިންޑިއާ ކަނޑުގައި، މިސްރާބު ހުރީ ރާއްޖެއާ ދިމާލަށް - ފޮޓޯ: ވެސެލް ފައިންޑާ

ޝިއެން ޔެން ހޮން 3 އިންޑިއާ ކަނޑުގައި، މިސްރާބު ހުރީ ރާއްޖެއާ ދިމާލަށް - ފޮޓޯ: ވެސެލް ފައިންޑާ

ފުރަތަމަ ދަތުރު

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ މި ރިސާޗު އުޅަނދު ރާއްޖެ ހިމެނޭ ސަރަހައްދަށް މި އަހަރު ކުރި ދަތުރު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

އެ ދަތުރުގައި ޖެނުއަރީ 29، 2024 ގައި އެ އުޅަނދު ވަނީ ރާއްޖޭގެ އީއީޒެޑުގެ ބުޑާ ހަމައަށް ފޯރާފަ އެވެ. ފުރަތަމަ ފަހަރު މާލޭގައި އެ އުޅަނދު ބަނދަކުރީ މަހެއްހާ ދުވަހު އެ ސަރަހައްދުގައި ދުއްވުމަށްފަހު ފެބްރުއަރީ 22، ގަ އެވެ.

އޭގެ ފަހުން އަނެއްކާވެސް ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ ބުޑަށް އެނބުރި ގޮސް މަހެއްހާ ދުވަސް ކޮށްފައިވާ އެޕްރީލް 25، 2024 ގައި އެ އުޅަނދު އަނެއްކާވެސް ތިލަފުށީގައި ބަނދަރު ކުރި އެވެ.

އެ ދަތުރާ ގުޅިގެން ދިވެހި ސަރުކާރުން ބަހެއް ބުމީ މީޑިއާ ރިޕޯޓުތަކަށްފަހު އެވެ. ފޮރިން މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އާ ކުރަން ކަމަށެވެ. ބެލެވޭ ގޮތުގައި ދެފަހަރު މަތިން ތިލަފުށީގައި މި އުޅަނދު ބަނދަރުކުރީ މި ބޭނުމުގަ އެވެ.

މި އުޅަނދުގެ ހަރަކާތްތަކާ ގުޅޭ ގޮތުން ހޯދާފައިވާ ޓްރެކިން މައުލޫމާތުން އެނގޭ ގޮތުގައި ވޭތުވެދިޔަ ފުރަތަމަ ދަތުރުގައި ހޭދަވި ތިން މަސްދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދު ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ދުއްވާފަ އެވެ. އެގޮތުން, އައްޑޫގެ އިރު ދެކުނުން ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް އެތައް މޭލަކަށް ޗައިނާގެ އުޅަނދު ވަނީ ވަދެފަ އެވެ.

ނަމަވެސް ސަރުކާރުން ވަނީ ޗައިނާގެ ބޯޓުން ރާއްޖޭގެ ކަނޑު ދިރާސާ ނުކުރާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

މި އުޅަނދުގެ ތަފުސީލުތަކާއި ޗައިނާއިން މިފަދަ ދިރާސާތައް ބޭނުންކުރާ ގޮތްގޮތާމެދު މި ނޫހުން ވާނީ ދެ ފަހަރެއްގެ މަތިން ތަފުސީލީ މައުލޫމާތު އެކުލެވޭ ރިޕޯޓުތަކެއް ގެނެސްދީފަ އެވެ. އެގޮތުން ބޯޓުގެ ގާބިލުކަމާއި ބައިނަލްއަގުވާމީ ދުނިޔެއިން ޗައިނާގެ މި ދިރާސާތަކާ ދެމެދު ދެކޭގޮތުގެ ގިނަ ތަފުސީލުތަކެެއް މި ދެ ރިޕޯޓުގައި ހިމެނިފައިވާނެ އެވެ.

ކަނޑުގެ ސިއްރުތަކާ ގުޅޭ ބަދަލުވާ ސިޔާސަތު

މި ސަރުކާރުން ވެރިކަމަށް އައިސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ކަނޑުގެ މުއްސަނދިކަން އެނގެން ޖެހޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ވިދާޅުވެފަ އެވެ. ޕީއެންސީ ކޯލިޝަނުން އިދިކޮޅުގައި އޮތްއިރު އެންމެ ބޮޑަށް ފާޑުކީ ކުރީ ސަރުކާރުން އިންޑިއާއާއެކު ކަނޑުގެ ދިރާސާ ކުރުމަށް ހެދި އެއްބަސްވުމުގެ ސަބަބުންނެވެ.

އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ މި ސަރުކާރުން ވަނީ އެ އެއްބަސްވުން އާ ނުކުރާން ނިންމާ މި ޖޫން މަހުގެ ފަހުން އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލަން ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަނޑުގެ ދިރާސާތައް ކުރުމުގެ ގާބިލުކަން ދިވެހި ދައުލަތުގައި ގާއިމުކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފަ އެވެ.

"ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް. އެ ސަބަބަށް ޓަކައި އިންޑިޔާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން ވާނީ އިންޑިޔާ ސަރުކާރަށް އަންގައިފައި. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން،" ޑިސެމްބަރު 16، 2023، ގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ގައުމާއެކު ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުރި އެވެ. މި މަހުގެ ހަތަރެއްގައި އެ ގައުމާއެކު އަސްކަރީ އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ވަނީ ސޮއިކޮށްފައިވެ އެވެ. އެ ހުރިހާ އެއްބަސްވުމެއް ވެސް ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ. އެ އެއްބަސްވުންތަކާ މި އުޅަނދާ ގުޅުމެއް އޮތްކަން ސާފެއް ނޫނެވެ.

ހަތް މަސްދުވަހުގެ ތެރޭގައި ޝިއެން ޔެން ހޮން 3 އިން ދެވަނަ ފަހަރަށް ރާއްޖެއަށް އަންނަން މިސްރާބު ޖަހާފައިވާއިރު ދިވެހި ސަރުކާރުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ކަނޑުގެ ދިރާސާތައް ކުރުމުގައި އެކުގައި މަސައްކަތް ކުރުމަށް ޗައިނާއާއެކު ވަނީ މަޝްވަރާކޮށްފަ އެވެ.

ޗައިނާ ސަރުކާރުން ހިންގާ ސައިންސް އެކަޑަމީގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނަލޮޖީ (އެސްސީއެސްއައިއޯ) އާއެކު މަޝްވަރާކުރީ އެންވަޔަރަމަންޓު މިނިސްޓްރީގެ ޓީމަކުންނެވެ. ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox