މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް މާލެ-ހުޅުމާލެ ހައިވޭގެ ޖަހާފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި ކާރުގެ އިތުރުން ސޯލާ ޕެނަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެެފަ އެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެކުރިން ވެސް ވެހިކަލްތައް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓުތައް ހިނގާފައިވެ އެވެ.













