ޔާމީން ޖަލަށް ލައި އަދަބު ދޭން ޖެހޭ ކަމަށް ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު ވިދާޅުވެއްޖެ

ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު: ޔާމީނަށް ދައުވާކުރަން އޭނާ ގޮވައިލެއްވި

ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު: ޔާމީނަށް ދައުވާކުރަން އޭނާ ގޮވައިލެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި މައްސަލައިގައި އެމަނިކުފާނަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒު ޕްރޮސެކިއުޓަ ޖެނެރަލަކަށް އައްޔަންކުރެއްވީ ޔާމީނުގެ ވެރިކަމުގަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އޭރު ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ މުހުތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައި، މުހުތާޒް އެ މަގާމުން ދުރުކޮށްފަ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުވި ގިނަ ބަޔަކު ހައްޔަރުކުރި އެ ވެރިކަމުގައި މުހުތާޒު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެއީ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލައި 17 އަހަރުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވި އެވެ.

ޔާމީންގެ ވެރިކަމުގައި ބަންދުގައި ތިބި ސިޔާސީ ލީޑަރުންނާއި ބައެއް އެހެން މީހުން ދޫކޮށްލުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކޯޓު އަމުރެއް ނެރުނެވެ. މުހުތާޒަކީ ބަންދުގައި ހުރި އެކަކެވެ.

އެކަމަކު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި އޭގެ ފަސް ދުވަހުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކުރިން އަމުރު ނެރުނު ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ހައްޔަރުކުރި އެވެ. އެއީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދެވެ. އެއީ ސިފައިން ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމަށް ފަހު އެ ތަނުގެ ތެރެއަށް ވަނުމަށް ފަހު އެވެ.

"އަސްލުޓީވީ" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވީ ޔާމީންގެ އެ އަމަލުތަކަކީ ވެރިކަމާއި އެމަނިކުފާނުގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ކުރެއްވި ކަންކަން ކަމަށެވެ. އަދި އެއީ އެއްވެސް ހާލަތެއްގައި ގާނޫނީ އިމުގެ ތެރެއިން ކުރި ކަންކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ހީފުޅުވީ ތިމަން މަނިކުފާނުގެ ވެރިކަން ގެއްލިދާނެއޭ، އެ ބިރުވެރިކަން އެބަ އޮތޭ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކެއް ގާނޫނު އަސާސީގައި ލިޔެވިފައި އޮތަސް، ހިތުހުރިހާ ގޮތަކަށް ބޭނުން ކުރަން އޮތް އެއްޗެއް ނޫން އެއީއެއް،" މުހުތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި އިރު ވެސް ފަނޑިޔާރުން "ހަމަ ހުރެފައި" ހައްޔަރު ކުރުމަކީ ގަބޫލު ކުރެވޭ ހަމައެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސުވާލު އުފައްދަން ޖާގަ އޮތަސް އެއީ ފަނޑިޔާރުން ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އެއީ ޖިނާއީ ކުށެއް، ރައީސް ނަޝީދަށް ދައުވާ ކުރި ގޮތަށް ދައުވާ ކުރަން ޖެހޭނެ، އަދި އަދަބު ދޭން ވެސް ޖެހޭނެ، ޖަލަށް ވެސް ލާން ޖެހޭނެ،"

މިހާރު އިއުތިރާފު އެބަވޭ، ޓިނު ނެންގެވި ކަމަށް، ސިފައިން ވެއްދި ކަމަށް ޖަލްސާތަކުގައި [ރައީސް ޔާމީން] ވިދާޅުވީއޭ، ރައީސް ނަޝީދަށް ދައުވާ ކުރެވެން ވަންޏާ، ރައީސް ޔާމީނުގެ މައްޗަށް ވެސް ތަހުގީގު ހިންގެން ޖެހޭނެ، އެ ކަމުގައި ބައިވެރިވި އެންމެންގެ މައްސަލަ ބެލެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މި ވެރިކަމުގައި ޒިންމާދާރު މަގާމެއްގައި ހުންނެވި މުހުތާޒު ވިދާޅުވީ މި ކަންކަމާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރެއްވި ކަމަށެވެ. ނަމަވެސް މި ވަގުތު ވާހަކަ ގިނަ ކުރުމުގެ ބަދަލުގައި ބޭނުންވަނީ ޖުޑީޝަރީ މިނިވަންކަމާ އެކީ މަސައްކަތް ކުރަން ތަންފީޒު ކުރަން ޖެހޭ ކަންކަން ކުރެވިގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުހުތާޒު މިނިވަންވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބުވި ފަހުން، މުހުތާޒަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލް ކުރުމުންނެވެ. މިދިޔަ ފަސް އަހަރު ގަނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުހުތާޒު ވަނީ ޕީއެންސީ/ޕީޕީއެމްގެ ބައެއް ހަރަކާތްތެރިންނަށް ވަކާލާތު ކޮށްދެއްވައިފަ އެވެ.

މިދިޔަ ސަރުކާރުގައި މުހުތާޒު ދެން ފެނުނީ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ތަނެވެ. އޭގެ ތެރޭގައި އޭރުގެ އިދިކޮޅު އަދި ޔާމީން ވެސް ލީޑުކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން މުޒާހަރާތަކުން ހައްޔަރު ކުރުމުން އެފަދަ މައްސަލަތަކުގައި ވެސް ގާނޫނީ އެހީތެރިކަން ދެއްވި އެވެ.

މިހާރު ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމުން ޔާމީނު ވަނީ ވަކިވެފަ އެވެ. އެއީ ރައީސް މުއިއްޒާ ދެމެދު ހިޔާލު ތަފާތުވެ ގުޅުން ގޯސްވުމުންނެވެ. ޔާމީން މިހާރު ގެންދަވަނީ ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox