ރައީސް ޗައިނާގެ ސަފީރާ ބައްދަލުކުރައްވައި، ދަތުރުގައި އެއްބަސްވި ކަންކަން އަވަސްކުރުމަށް މަޝްވަރާކޮށްފި

ރައީސް މުއިއްޒު ޗައިނާގެ ސަފީރާ މިއަދު ބައްދަލުކުރައްވަނީ: މި ބައްދަލުވުމުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުގައި އެއްބަސްވި ކަންކަން އަވަސްކުރުމަށް މަޝްވަރާކުރެއްވި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޗައިނާގެ ސަފީރާ މިއަދު ބައްދަލުކުރައްވަނީ: މި ބައްދަލުވުމުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުގައި އެއްބަސްވި ކަންކަން އަވަސްކުރުމަށް މަޝްވަރާކުރެއްވި - ފޮޓޯ: ރައީސް އޮފީސް

ޗައިނާއިން ރާއްޖެއަށް ކަނޑައާޅާފައި ހުންނަވާ ސަފީރު ވަން ލިޒން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެދުނު ކުރިއަށްދިޔަ މި ބައްދަލުވުމާ ގުޅޭގޮތުން އެ އޮފީހުން ބުނެފައިވަނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. ޕީއެންސީގެ ވެރިކަމުގައި ރާއްޖެއިން ގެންދަނީ ޗައިނާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި މި އަހަރުގެ ޖެނުއަރީގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާ އެކު މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް މަޝްވަރާ ކުރެވުނު ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެކަންކަމުގެ ދުވެލި ހަލުވި ކުރަން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ރައީސް، ސަފީރާ ހިޔާލު ބަދަލުކުރައްވާފައިވާއިރު، އެ ދަތުރުގައި ވި ގިނަ އެއްބަސްވުންތައް ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.

ޗައިނާގެ ސަފީރު މިއަދުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާ އެކަންކަމުގައި "ވެވެންހުރި" މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމަށާއި ހާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.

ބައްދަލުވުމާ ގުޅޭގޮތުން ދިން މައުލޫމާތު ނިންމާލަމުން ރައީސް އޮފީހުން ބުނެފައިވަނީ "މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ގުޅިގެން، ވަޒަން ހަމަކޮށް ހަލުވި، ބާރުމިނުގައި ގައުމު ތަރައްގީކުރުމަށް މަސައްކަތްކުރުން،" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox