ލަކުޑިތަކެއްގެ ނަމުގައި އެތެރެކުރި 22 ވެހިކަލެއް ދައުލަތަށް ނަގަން ހުކުމް ކޮށްފި

މާލޭގައި ހުންނަ ޖަސްޓިސް ބިލްޑިން -- ފޮޓޯ: އަދަދު

މާލޭގައި ހުންނަ ޖަސްޓިސް ބިލްޑިން -- ފޮޓޯ: އަދަދު

ލަކުޑި އާއި ފްލައިވުޑުގެ ނަމުގައި ރާއްޖެއަށް އެތެރެކޮށް ކަސްޓަމްސްއިން ބޭރުކުރިފަހުން އަތުލައިގަތް ދެ ކޮންޓޭނަރެއްގައި ހުރި 22 ވެހިކަލަކާއި ސްޕެއާ ޕާޓްސް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ކޮންޓޭނަރުތައް ރާއްޖެއަށް އެތެރެ ކުރީ އަލީ އަސްބާހު، ލާޓް، ގދ. ތިނަދޫ ގެ ނަމުގައި ރެޖިސްޓަރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، މެޓްރޮކްސްއިން 2019 ވަނަ އަހަރު އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ލަކުޑި އާއި ފްލައިވުޑުގެ ނަމުގައި ރާއްޖެއަށް އެތެރެކުރި ވެހިކަލްތަކާއި ސްޕެއާ ޕާޓްސްތަކާއި މެޓްރޮކްސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މެޓްރޮކްސްގެ ވެރިފަރާތް، އަސްބާހު ބުނެފައިވީ ނަމަވެސް އެ މުދާ އެތެރެ ކޮށްފައި ވަނީ ކަސްޓަމްސްއިން އެ ވިޔަފާރިއަށް ދޫކޮށްފައިވާ ޔޫސާ ނޭމާއި ޕާސްވޯޑު ބޭނުން ކޮށްގެންކަން އެނގޭތީ އާއި އެ ލޮގިން ބޭނުން ކުރީ އަސްބާހު ނޫންކަން ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާތީ އެ ވެހިކަލާއި ސްޕެއާ ޕާޓްސް ދައުލަތަށް ނެގުމުގެ އަމުރު ދީ ހުކުމް ކުރާ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތުގައި އަސްބާހު ބުނެފައި ވަނީ އެ މުދަލަކީ މެޓްރޮކްސްގެ މުދަލެއް ނޫން ކަމަށާއި އެ މުދާ ދައުލަތަށް ނެގުމާމެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް އެހެން ބުނުން ފިޔަވައި އެކަން ސާބިތު ކޮށްދޭން އިތުރު އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ޝަރީއަތަށް ހުށަހަޅައިފައެއް ނުވެ އެވެ.

އެ ކޮންޓޭނަރުތަކުގައި އެތެރެކުރި ވެހިކަލްތައް ދައުލަތަށް ނަގައިދިނުމަށް އެދި ކަސްޓަމްސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އެ ދެ ކޮންޓޭނަރު ޑިކްލެއާ ކުރުމަށް މެޓްރޮކްސްއަށް ދީފައިވާ ލޮގިން ބޭނުން ކޮށްގެން މުދާ ޑިކްލެއާކޮށް ފޯމު ހުށަހަޅާފައިވާ ކަމަށާއި އެ ދެ ކޮންޓޭނަރުގެ "ސީލް" ވެސް ކަނޑައިފައި ވަނީ ކަސްޓަމްސްއަށް އެނގުމަކައި ނުލައި ކަމަށެވެ. އަދި އެ ވެހިކަލްތައް އެ ކޮންޓޭނަރުތަކުން ނެރުނުކަން ކަސްޓަމްސްއިން ކުރިއަށް ގެންދިޔަ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އެ ވާހަކަތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 521 ވަނަ މާއްދާގައި "ކަސްޓަމްސްއާއެކު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތު ކުރުމަށްޓަކައި ކަސްޓަމަސްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ޔޫސާ ނޭމާއި ޕާސްވޯޑަށާއި ކަސްޓަމްސްގައި ރެޖިސްޓަރީ ކުރެވިފައިވާ އީމެއިލް އެޑްރެހުގެ ޕާސްވޯޑަށް ރައްކާތެރިވުމަކީ، އެ ހިދުމަތް ހޯދާ ފަރާތެއްގެ ޒިންމާއެއް،" އޮންނަކަން ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، މުދާ ޑިކްލެއާ ކުރުމަށް ހުށަހަޅާފައި ވަނީ މެޓްރޮކްސްގެ ލޮގިންއިން ކަމަށް ވާތީއާއި އެއީ މެޓްރޮކްސްގެ މުދާ ނޫން ކަމަށް ބުނާ ބުނުން ސާބިތުކޮށްދޭން އެކަށީގެންވާވަރުގެ ދިފާއުއެއް އަސްބާހުގެ ފަރާތުން ހުށަހަޅައިފައި ނުވާތީ އެ ވެހިކަލްތަކަކީ މެޓްރޮކްސްއަށް ނިސްބަތްވާ މުދާ ނޫންކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox