ހަރަދުބޮޑުވެ، އެސްއެމްއީ ހަބުގެ ދެ ފްލޯއެއް ބީސީސީއިން ދޫކޮށްލަނީ

އެސްއެމްއީ ހަބު ހިންގާ އިމާރާތް: އެ ތަނުން ދެ ފްލޯއެއް ދޫކޮށްލަން ބީސީސީއިން ވަނީ ނިންމާފަ - ފޮޓޯ: އަދަދު

އެސްއެމްއީ ހަބު ހިންގާ އިމާރާތް: އެ ތަނުން ދެ ފްލޯއެއް ދޫކޮށްލަން ބީސީސީއިން ވަނީ ނިންމާފަ - ފޮޓޯ: އަދަދު

ހަދުބޮޑުވެ, ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހިންގަމުންދާ އެސްއެމް އީ ހަބުގެ ދެ ފްލޯއެއް ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން އިބްރާހިމް ޒިޔާއު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ދޫކޮށްލަން ނިންމާފައިވަނީ އެސްއެމްއީ ހަބުގެ ގްރައުންޑް ފްލޯ އަދި ދެވަނަ ފްލޯ ކަމަށެވެ. އެހެން ނަމަވެސް ކުދި ވިޔަފާރިތަކުން ކިއޮސްކްތައް ހިންގާ ފުރަތަމަ ފްލޯ މިހާރުވެސް ހިންގާ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެ ފްލޯ ދޫކޮށްލަން ނިންމާފައިވަނީ ޖުލައި މަސް ނިމުމުންނެވެ.

"މެދުތެރޭގަ ތިބޭނެ 19 ވެންޑާސް، އެ 19 ވެންޑާސް ހަމަ ތިބޭނެ، ކާބޯތަކެތި ވިއްކަން، ހޯމް ބޭސްޑް ކުދި ވިޔަފާރިތައް އެއީ، އެތަނުން އެފަދަ އެއްވެސް ބަޔަކު ނުނެރޭނެ،"

ޒިޔާއު ވިދާޅުވީ ދޫކޮށްލަން ނިންމާފައިވާ ދެ ފްލޯއަކީ ބީސީސީއިން އާމްދަނީ ހޯދަން ހިންގާ ދެ ފްލޯ ކަމަށެވެ.

"ހަރަދު ބޮޑުވެގެން މި ދޫކޮށްލަނީ ބީސީސީއިން ހިންގާ ދެ ފްލޯ، ސޯޝަލް މީޑިއާގައި އެ ދެނީ ނުބައި މެސެޖެއް،" ކުދި ވިޔަފާރިތަކާއެކު އެސްއެމްއީ ހަބު އެއްކޮށް ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ ފެތުރޭ އަޑުތަކާ ގުޅިގެން އޭނާ ވިދާޅުވި އެވެ.

ބީސީސީއިން ދޫކޮށްލަން ނިންމި ދެ ފްލޯގެ ތެރެއިން މަތީ ފްލޯއަކީ އެކި ކަހަލަ ގޭމްތައް ކުޅެވޭ ގޮތަށް ތަރައްގީކޮށް ހިންގަމުންދިޔަ ފްލޯއެކެވެ. އެސްއެމްއީ ހަބަކީ މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން ވުޖޫދަށް ގެނެސްފައިވާ ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox