ތިނަދޫ ސިޓީގެ ފެނުގެ ކޮލިޓީ ދަށްވެ ހިދުމަތަށް ބުރޫއަރާތާ ފަސް މަސްދުވަސް

ތިނަދޫ ސިޓީގައި ފެނުގެ ހިދުމަތްދޭ ފެނަކަ ބުރާންޗުގެ އޮފީސް -- ފޮޓޯ: އަދަދު

ތިނަދޫ ސިޓީގައި ފެނުގެ ހިދުމަތްދޭ ފެނަކަ ބުރާންޗުގެ އޮފީސް -- ފޮޓޯ: އަދަދު

ތިނަދޫ ސިޓީއަށް ފެނަކައިން ފެން ފޯރުކޮށްދިނުމަށް ގެންގުޅޭ ޕްލާންޓަށް މައްސަލަތަކެއް ދިމާވެ، ފެނުގެ ކޮލެޓީ އާއި ލިބުމުގެ މައްސަލަތަކެއް ދިމާވާތާ ފަސް މަސްދުވަސް ވެފައިވާ ކަމަށް ތިނަދޫގެ މޭޔަރު، ސައުދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގައި ފެނުގެ ހިދުމަތް ދެމުންދާ ފެނަކަ ކުންފުނިން ދަނީ އެކި ގަޑިތަކަށް ބަހައިގެން އެ ސިޓީން ފެން ކަނޑަމުންނެވެ. އެކަމާ ގުޅިގެން އެ ސިޓީގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން ސައުފު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފެނުގެ މައްސަލަތަކެއް ދިމާވަމުން އަންނަ ކަމަށާއި ބައެއް ސަރަހައްދުތަކަށް ލިބޭ ފެނުގެ ކޮލެޓީ ވެސް އެހައި ރަނގަޅު ނޫން ކަމަށް ބުނެ ކައުންސިލަށް ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށެވެ.

"ޖެނުއަރީން ފެށިގެން [ފެނ ޕްލާންޓުގެ] ފިލްޓާ ސިސްޓަމަށް މައްސަލަތަކެއް ކުރިމަތިވެގެން އުޅެނީ، ޑެއިލީ ބޭނުންވާ މިންވަރަށް ޕްލާންޓުން މިހާރު ފެނެއް ނުއުފެއްދޭ، ރަށުގެ ދެބައިކޮށްފައި އެއްބައި މީހުން ބޭނުން ކުރަނީ ސަޕްލައި ފެން، ވަޅު ފެން ބޭނުން ކުރާ މީހުންގެ އަދަދު ދަނީ މަދުވަމުން،" ސައުދު ވިދާޅުވި އެވެ.

ފެނުގެ ހިދުމަތަށް ބުރޫއަރާތާ ފަސް ފަސްދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ވެސް އެ މައްސަލަ ހައްލު ކުރަން އެކަށީގެންވާ ވަރުގެ މަސައްކަތެއް ފެނަކައިން ކުރަމުން ނުދާ ކަމަށް ސައުދު ވިދާޅުވި އެވެ. ތިނަދޫގައި ތިބި ޓެކްނީޝަނުން އެމީހުންނަށް ކުރެވޭ މިންވަރަކުން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފެނަކައިން ލިބޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

"ކުންފުނީގެ ފަރާތުން އެކަން ހައްލު ކުރަން އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކުރޭ، މިތަނުގައި ތިބޭ ޓެކްނީޝަނުން އެމީހުންނަށް ކުރެވޭ ވަރަކަށް މަސައްކަތް ކުރޭ ހައްލު ކުރަން، އެންވަރަމެންޓު މިނިސްޓަރު ވެސް އިއްޔެ ވަޑައިގެންނެވި، އެކަމަކު މިނިސްޓަރު ވަޑައިގެންނެވިޔަސް ބޭނުންވާ ސަމާނު ކުންފުނިން ފޯރުކޮށްނުދޭ ކަމަށްވަންޏާ ހައްލެއް ނުވާނެތާ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ކައުންސިލުގެ އެދުމަކީ ވީހައިވެސް އަވަހަކަށް ފެނުގެ މައްސަލަ ހައްލުކޮށް ތިނަދޫ ސިޓީގެ ރައްޔިތުންނަށް މެދުނެކެނޑި ފެނުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތެއް ފަހިވުން ކަމަށެވެ.

"ކައުންސިލުން ބޭނުންވަނީ ވީހައިވެސް އަވަހަކަށް އެކަން ހައްލު ކޮށްދިނުން، ރާއްޖެއިން ނުލިބޭ އެއްޗެއްވިއްޔާ ރާއްޖެއިން ބޭރުން ވެސް ހޯދައިގެން އެކަން ހައްލު ކޮށްދިނުން،" ސައުދު ވިދާޅުވި އެވެ.

ތިނަދޫ ސިޓީއަކީ 10،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ ވެރިކަމުގަ އެވެ.

ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސް ވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެ ސަރަހައްދާއި އެންމެ ދެކުނުގައިވާ އައްޑު އަތޮޅާއި ފުވައްމުލަކު އަދި ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުއްޓަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox