ޔޫކޭގެ އިންތިހާބީ ބޮޑުވަޒީރަށް ރައީސް މަރުހަބާ ދަންނަވައިފި

ރައީސް މުއިއްޒު: އިނގިރޭސިވިލާތުގެ އިންތިހާބީ ބޮޑުވަޒީރަށް އެމަނިކުފާނު މަރުހަބާ ދެންނެވީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: އިނގިރޭސިވިލާތުގެ އިންތިހާބީ ބޮޑުވަޒީރަށް އެމަނިކުފާނު މަރުހަބާ ދެންނެވީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި - ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތުގެ އިންތިހާބީ ބޮޑުވަޒީރު، އެ ގައުމުގެ ލޭބާ ޕާޓީގެ ލީޑަރު ކިއޭ ސްޓާމާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ލޭބާ ޕާޓީގެ ވެރިކަމުގައި އެ ގައުމަށް އިތުރު ކުރިއެރުމާ ފާގަތިކަން ގެނެސްދޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައި ވިދާޅުވެފައިވެ އެވެ.

އަދި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ސްޓާމާ އެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ލިޔުއްވާފައިވެ އެވެ.

ސާދަ އަހަރަށްފަހު ލޭބާ ޕާޓީ އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ކާމިޔާބުކުރީ 409 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އެ ޕާޓީއާ އެންމެ ގާތުން ވާދަކުރި މިހާރު ވެރިކަމުގައި އޮތް ކޮންޒަވޭޓިވްއަށް ކާމިޔާބު ކުރެވުނީ 120 ގޮނޑި އެވެ.

އިންތިހާބުގައި ވާދަކުރެއްވި އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނާކްގެ ގޮނޑި އެމަނިކުފާނު ދިފާއު ކުރެއްވި ނަމަވެސް، ކެބިނެޓުގައި މިހާރު ހިމެނޭ ގިނަ މެންބަރުންނަށް ގޮނޑި ދިފާއު ނުކުރެވެ އެވެ.

އިނގިރޭސިވިލާތުގެ ހާލަތު ދަށްވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އާންމު އިންތިހާބު ކުއްލި ގޮތަކަށް ޖުލައިގައި ބޭއްވުމަށް ނިންމުމާއެކު، ކޮންޒަވޭޓިވް ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox