ޔާމީން ވިދާޅުވަނީ ވެރިކަމާ ހަވާލުވި އިރު ރައީސަށް މާލީ ހާލަތު އެނގޭނެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ވެރިކަމާ ހަވާލުވި އިރު ރައީސް މުއިއްޒުއަށް ހާލަތު އެނގޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ވެރިކަމާ ހަވާލުވި އިރު ރައީސް މުއިއްޒުއަށް ހާލަތު އެނގޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު، މާލީ ހާލަތު ވެސް ހިމެނޭ ގޮތުން ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމީނު އިސްކޮށް އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖޭގެ މިހާރު އޮތް އިގްތިސާދީ ހާލަތު ޓްރާންސިޝަން މުއްދަތުގައި ފަސޭހަކަމާއެކު ބެލުމުގެ ފުރުސަތު ރައީސްއަށް ލިބިވަޑައިގެންފައި ވާނެ ކަމަށެވެ. މާލީ އިދާރާތަކާއި މިނިސްޓްރީތަކުގެ ކަރުދާސްތައް ގެނައުމުން އެކަން ބައިގަޑިއިރުން އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޓްރާންސިޝަން މުއްދަތުގައި އެކަމުގައި ގާބިލު ބޭފުޅުން އުޅުއްވިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އޭރު ވެސް އިގްތިސާދީ ކަންކަމާ ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

Advertisement

"ބަހާ އަމަލާ ދިމާވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ހަމަ ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހޭ ގޮތަށް ހިނިތުންވުމާއެކު އެ ވިދާޅުވަނީ ތިމަންނަމެން މި ހުރިހާ ކަމެއް އެނގެއޭ، ހާސްވާންޖެހޭ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތޭ. ދެން މީގަ އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ ކުރީ ސަރުކާރަށް ވެސް ލިބުނު ގޮތަށް މި ސަރުކާރަށް ވެސް ލިބުނު ޓްރާންސިޝަން ޕީރިއަޑެއް. ހަމަ ހޭބޯނާރައި ދިމްޔާތުގައި އެންމެން ކުރީ މި މަސައްކަތް،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ބަންދަށް ކަނޑާފައި "ހަނީމޫން ޕީރިއަޑް" ނުނިމެނީސް ސަރުކާރުން ބުނާ ހުރިހާ ކަމެއް ކުރަން ކަމަރު ބަންނަން އަންގައިފި ކަމަށާއި އޭގެއިން ރައްޔިތުންނަށް ދޭ މެސެޖަކީ ރައީސް މުއިއްޒުގެ ބަހާއި އަމަލާ ދިމާ ނުވާކަން ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ.

ރާއްޖޭގެ ވަރުގަދަ މުއައްސަސާތަކުގައި ތިބި މީހުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށާއި ޖަވާބުދާރީވާން ޖެހޭ މި ހާލަތުގައި ހަނު ތިއްބަވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް އެބޭފުޅުން އޯވް ކުރާ އެކްސްޕެލެނޭޝަންތަކެއް. ޖަވާބުދާރީވާން ޖެހޭ ހާލަތުގައޭ މިއޮތީ. ހަމައެކަނި ހިތިބޭސް ބޯ ވާހަކައެއް ނޫނޭ އަޅުގަނޑުމެން ދައްކަންވީ. ކީހާޅެން ފަރިއްސަށްވެގެންދާއިރު ހަނު މި ތިބެނީ ކީއްވެތޯއޭ" ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން ވެރިކަމާ ހަވާލުވުމަށްފަހު ވެސް ދިނެވެ. ނަމަވެސް ސަރުކާރުގެ ރާގު ފަހުން ބަދަލުވެ، ކުރީ ސަރުކާރާ ހެދި ހާލަތު ގޯސްވެފައިވާ ކަމަށް ފަހުން ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox