ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ މަގުބައްތިތަކަށް ކަރަންޓު ދިނުން ހުއްޓާލަނީ

އުނގޫފާރުގައި އީއެލްސީބީ ހަރުނުކޮށް ހުރި މަގުބައްތިއެއް: ޒުވާނަކު ވަނީ ކަރަންޓުގައި ޖެހި މަރުވެފައި -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް

އުނގޫފާރުގައި އީއެލްސީބީ ހަރުނުކޮށް ހުރި މަގުބައްތިއެއް: ޒުވާނަކު ވަނީ ކަރަންޓުގައި ޖެހި މަރުވެފައި -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް

ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް އާތު ލީކޭޖް ސާކިއުޓް ބްރޭކާ (އީއެލްސީބީ) ހަރުނުކުރާ ބަގުބައްތިތަކަށް މި މަހަށްފަހު ކަރަންޓު ދިނުން ހުއްޓާލަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.

ރ. އުނގޫފާރުގައި އީއެލްސީބީ ހަރުނުކޮށް ހުރި މަގުބައްތިއަކުން ކަރަންޓުގައި ޒުވާނަކު ޖެހި މަރުވުމާ ގުޅިގެން، މުޅި ރާއްޖޭގައި ފެނަކައިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ގިނަ ރަށްތަކުގައި އީއެލްސީބީ ހަރުނުކުރާ މަގުބައްތި ހުރިކަން ވަނީ ހާމަވެފަ އެވެ.

ފެނަކައިން ނެރުނު އިއުލާނެއްގައި ބުނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ މަގުބައްތިއަށް މީގެ ފަހުން ކަރަންޓު ދޫކުރެވޭނީ ދޭ ނަމޫނާ ކުރެހުމާ އެއްގޮތަށް ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާފައިހުންނަ ސަބް ޑީބީ ހަރުކޮށްގެން ކަމަށް ޖޫން 9، ގައި ހިދުމަތް ދޭ ކައުންސިލްތަކަށް އަންގާފައިވާ ކަމަށެވެ.

ސަބް ޑީބީ ހަރުކުރަން ޖޫން 27، ގެ ނިޔަލަށް ފެނަކައިން މުއްދަތު ދިން ނަމަވެސް، ގިނަ ކައުންސިލުތަކުގެ އެދުމުގެ މަތިންނާއި އަދި މަސައްކަތުގެ މުހިންމުކަމުން ޖުލައި މަހުގެ ނިޔަލަށް މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

"މި މުއްދަތުގެ ތެރޭގައި ކައުންސިލުތަކުން ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލްކޮށްދޭނެ. ނުވަތަ ފެނަކައިން ތަކެތި ފޯރުކޮށް ބިލު ކުރެވޭ ގޮތަށް ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދެވިދާނެ،" ފެނަކައިން ބުންޏެވެ.

މިންގަނޑާ އެއްގޮތަށް ކައުންސިލުތަކުން މަގުބައްތިތައް ރަނގަޅު ކުރޭތޯ ފެނަކައިގެ ބްރާންޗުތަކުން މޮނިޓާ ކުރަމުންދާނެ ކަމަށް ފެނަކައިން ބުނެ އެވެ.

ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ހާއްސަ އިސްކަމެއް ދީ، ރައްކާތެރި އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ފެނަކައިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox