ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިކްސްޑް ޔޫސް 10 ޓަވަރު އަޅަން އެޗްޑީސީން ބިން ވިއްކަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓުތައް -- ފޮޓޯ: އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓުތައް -- ފޮޓޯ: އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކްސްޑް ޔޫސް 10 ޓަވަރު އަޅަން، އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް 112،288.14 އަކަފޫޓުގެ ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން އިއުލާނު ކޮށްފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނީ ޓަވަރުތައް އެޅުމުގެ ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތެއް ދިނުމުގެ ގޮތުން އެކަމަށް އެދި އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލައިފައިވާ ކަމަށެވެ.

މިކްސްޑް ޔޫސް ޓަވަރުތައް އިމާރާތް ކުރުމަށް ދޫކުރަން އެޗްޑީސީން ނިންމާފައި ވަނީ ބިން ވިއްކާ އުސޫލުގެ ދަށުންނެވެ.

އެ ޓަވަރުތައް އިމާރާތް ކުރުމަށް އެޗްޑީސީން ކަނޑައަޅައިފައި ވަނީ 14 ބުރި އާއި 15 ބުރި އަދި 20 ބުރި އަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 9559.74 އަކަފޫޓުގެ ބިމެއް
  • 10846.46 އަކަފޫޓުގެ ބިމެއް
  • 12821.42 އަކަފޫޓުގެ ބިމެއް
  • 9622.60 އަކަފޫޓުގެ ބިމެއް
  • 8701.43 އަކަފޫޓުގެ ބިމެއް
  • 8661.60 އަކަފޫޓުގެ ބިމެއް
  • 15098.85 އަކަފޫޓުގެ ބިމެއް
  • 14525.56 އަކަފޫޓުގެ ބިމެއް
  • 11256.24 އަކަފޫޓުގެ ބިމެއް
  • 11194.24 އަކަފޫޓުގެ ބިމެއް

އެޗްޑީސީން ބުނީ އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް އިއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭނީ ބިން ވިއްކަން ހުށަހަޅާ ރޭޓަށާއި ފައިސާ ދައްކަން ހުށަހަޅާ ގޮތެއްގެ އިތުރުން ހުށަހެޅުން ހުށަހަޅާ ފަރާތުގެ މާލީ ގާބިލު ކަމަށް ކަމަށެެވެ.

ނަމަވެސް ކޮންމެ ވަގުތަކު ވެސް ހުށަހަޅާ ހުރިހާ އީއޯއައިއެއް ބާތިލު ކުރުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެފަދަ ހާލަތެއް ކުރިމަތިވެ، އީއޯއައިތައް ބާތިލު ކުރާނަމަ، އީއޯއައި ހުށަހެޅި ކުންފުނިތަކަށް އެކަން އަންގާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ބިން ގަތުމަށް ހުށަހަޅާ އަގު (އަކަ ފޫޓަކަށް ކިޔާ އަގު) ގެ އިތުރުން އަގު ދައްކަން ހުށަހަޅާ މުއްދަތު އެނގޭނޭހެން އީއޯއައި އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox