ސަމޯއާ އެގްރިމެންޓުގައި ސޮއި ކުރީ ލާދީނީ މާއްދާތަކަށް ރެޒަވޭޝަން ހުށަހެޅުމަށްފަހު: ސަރުކާރު

ސަމޯއާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުން: އެއްބަސްވުމުގައި ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ރިޒަވޭޝަން ހުށަހެޅި ކަމަށް ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ސަމޯއާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުން: އެއްބަސްވުމުގައި ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ރިޒަވޭޝަން ހުށަހެޅި ކަމަށް ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން ސޮއިކުރީ ލާދީނީ އަދި ގާނޫނުއަސާސީއާ ފުށުއަރާ މާއްދާތަކަށް ރިޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.

އެ އެއްބަސްވުމުގައި އިސްލާމް ދީނާ ހިލާފު ކަންކަން ހުރުމުންނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ ގިނަ ކަންކަން ހިމެނޭތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އާދީއްތަ ދުވަހެވެ. ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.

"ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވޭ. އަދި މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު،" ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަކީ ސަމޯއާ އެގްރިމެންޓުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އަދި އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ "ހައްގުތައް" ހިމާޔަތް ކުރުމާއި އެބޯޝަން ހެދުން ހުއްދަ ކުރަން ވެސް އެ އެގްރިމެންޓުގައި ބާރުއަޅާ ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.

އެކަމަކު، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހީނާ ވަނީ އަރުވާފަ އެވެ.

މި އެއްބަސްވުމާއެކު އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކަށް ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

މި އެއްބަސްވުމުގައި އޯއޭސީޕީއެސް ގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ހިމެނެ އެވެ. ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ޤައުމަކަށްވެފައިވަނީ ޑިސެމްބަރު 9, 2022 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox