ސަރުކާރަށް ތާއީދުކުރާ އެމްޑީއޭގެ މެންބަރު އައްބާސް ހުންނެވީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އައްބާސް: އޭނާއަކީ ސަރުކާރަށް ތާއީދުކުރާ އެމްޑީއޭގެ މެންބަރެއް. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އައްބާސް: އޭނާއަކީ ސަރުކާރަށް ތާއީދުކުރާ އެމްޑީއޭގެ މެންބަރެއް. ފޮޓޯ:މަޖިލީހުގެ އިދާރާ

ޓޫރިޒަމް ދާއިރާގެ އުފެއްދުންތަކާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރުމަކީ "ރަންބިސް އަޅާ ކުކުޅު ފުނޑައިލުން" ކަަމަށް ސިފަކުރައްވައި، ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ތެދުވެވަޑައިގެންފި އެވެ.

އައްބާސް ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންްސް (އެމްޑީއޭ) އަކީ ސަރުކާރު ހިންގާ ޕީއެންސީއާ ކޯލިޝަން ހަދައި، ސަރުކާރަށް ތާއީދުކޮށްގެން އޮތް ޕާޓީ އެކެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އައްބާސް ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރުމަކީ ދައުލަތަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމަށް އެއްވެސް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.

މިއީ ޓީޖީއެސްޓީ ބޮޑުކުރަން މުނާސަބު ވަގުތެއް ނޫން ކަަމަށާއި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވަގުތަކީ ޓީޖީއެސްޓީ ބޮޑުކުރަން ވެސް އެންމެ މުނާސަބު ވަގުތެއް ނޫން، ސަބަބަކަށް ވަނީ މިރާއްޖެއަށް ބޭންކްތަކުން ލޯނު ނަގައިގެން އިންވެސްޓްކޮށްފައި ތިއްބެވި އިންވެސްޓަރުން ތިބީ ފީސިބިލިޓީ ހަދައިގެން އެލޯނުތައް ނަގައިގެން. އަޅުގަނޑުމެން ކުއްލިއަކަށް ޓީޖީއެސްޓީ ބޮޑުކޮށްފިއްޔާ އެ އިންވެސްޓަރުންގެ ތެރެއިން ގިނަ ބަޔަކު ބޭންކްރަޕްޓްވާނެ، ނުވަތަ އެ އިންވެސްޓަރުން ރާއްޖެއަށް އިތުރަށް އިންވެސްޓްކުރުމާ މެދު ދެވަނަ ވިސްނެވުމަކަށް ދާނެ،" އައްބާސް ވިދާޅުވި އެވެ.

ޓެކުސް ބޮޑުކޮށްފިއްޔާ ރާއްޖެއަށް އަންނަން ތިބި އިންވެސްޓަރުން ނައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެއީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ހަނގުރާމަތައް ހިނގަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"މިފަދަ ނާޒުކުހާލަތެއްގައި އަޅުގަނޑުމެންގެ ރަންބިސްއަޅާ ކުކުޅު ފުނޑައިލަން [އުޅުމަށް ވުރެ]، ނުވަތަ އަޅުގަނޑުމެންގެ ވިޔަފާރިވެރިންނާ ދޭތެރޭގައި އަޅުގަނޑުމެން އިހުމާލުވުމަށް ވުރެ އެންމެ އައުލާކަން ބޮޑީ ދައުލަތުން މިހާރު ވެސް، މިހާރު ވެސް މޫލާފައި ހުރި ވަގުންތައް ބޭރުކޮށް، ވައްކަންކުރާ ދޮރުތައް ބަންދުކޮށް، އޭސީސީ ވެސް މިއަށް ވުރެ ބޮޑަށް ފާރަވެރިވެ، އަދި އޮޑިޓާ ޖެނެރަލް ވެސް ޒިންމާދާރުކަމާ އެކު ޒިންމާދާރު އޮޑިޓްތަކެއް ކުރައްވައި، ސަރުކާރަށް ސާފުބަހުން ބުނެދޭންވީ ގެއްލުންވަނީ މިވެނިކުންފުނިތަކަކުންނޭ،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލުންވާ އެއްވެސް ކުންފުންޏަކުން މިހާލަތުގައި އިތުރަށް ވިޔަފާރިކުރާކަށް ނުޖެހެ އެވެ. ރައްޔިތުން އަތުން ނަގާ ޓެކްސް އަބަދު ބޮޑުކޮށް، ވިޔަފާރިވެރިން އަތުން ނަގާ ޓެކުސް ހައްދެއް ނެތް ވަރަށް ބޮޑުކޮށްގެން ވާނެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox