ހުޅުމާލޭ ގޯތިތަކުގައި އެޗްޑީސީގެ ހުއްދަ ނުނަގާ އިމާރާތް ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއް: އެޗްޑީސީއިން ވަނީ ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އުސޫލުތަކާ ހިލާފަށް މަސައްކަތްކޮށް އިމާރާތް ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ - ފޮޓޯ: އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއް: އެޗްޑީސީއިން ވަނީ ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އުސޫލުތަކާ ހިލާފަށް މަސައްކަތްކޮށް އިމާރާތް ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ - ފޮޓޯ: އަދަދު

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކާއި ވިއްކާފައިވާ ބިންތަކުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ އުސޫލުތަކާ ހިލާފަށް މަސައްކަތްކޮށް އިމާރާތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުނިން މިއަދު ދީފި އެވެ.

އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިހާރަކަށް އައިސް ހުޅުމާލެއިން ވިއްކާފައިވާ، ކުއްޔަށްދީފައިވާ، ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު އެ ކުންފުނީގެ އުސޫލުތަކާ ހިލާފުވާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވެ އެވެ.

"އިމާރާތް ކުރާއިރު މި ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި، އިމާރާތް ކުރުމާއި ގުޅޭ ހުއްދަތައް ނުނަގާ ގޯތި ތެރޭގައި މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ވަނީ ފާހަގަކުރެވިފަ" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

މިގޮތަށް އުސޫލުތަކާ ހިލާފަށް ގޯތި ތެރޭ މަސައްކަތް ކުރާނަމަ ނުވަތަ އިމާރާތް ކުރާނަމަ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ގޯތީގެ ވެރިފަރާތާމެދު ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން ބުންޏެވެ.

އޭގެ އިތުރުން، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އިމާރާތުގެ ކުރެހުން އެ ކުންފުންޏަށް ހުށަހަޅާ ހުއްދަ ހޯދަން ޖެހޭކަން ވެސް އެޗްޑީސީއިން ފާހަގަކޮށްފައިވެ އެވެ.

އެޗްޑީސީން ބުނީ އިމާރާތްކުރުމުގެ އުސޫލުތައް އެ ކުންފުނީގެ ވެބްސައިޓު ލިބެން ހުންނާނެ ކަމަށާއި އިތުރަށް މައުލޫމާތު ބޭނުންވާނަމަ ކުންފުނީގެ ހޮޓްލައިން ނަމްބަރަށް ގުޅުމަށްވެސް އެދޭ ކަމަށްވެސް ހުޅުމާލޭގެ ބިމާބެހޭ ކަންކަން ބަލަހައްޓާ އެޗްޑީސީއިން ބުނެފައިވެ އެވެ.

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރި 9003 ގޯތީގެ ތެރޭގައި ހުޅުމާލެއިން 1351 ގޯއްޗެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ގޯތިތަކުގައި މިހާރު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox