އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް މުއިއްޒު ނުކުންނެވީ ހިތާ ދެކޮޅަށް، ޔާމީނަށް ކިޔަމަންތެރިވާން: ހުސެއިން ޝަރީފް

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، އިންޑިއާ އައުޓު މުޒާހަރާގައި -- ފޮޓޯ: އަދަދު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، އިންޑިއާ އައުޓު މުޒާހަރާގައި -- ފޮޓޯ: އަދަދު

އިންޑިއާ އައުޓް ކެމްޕޭނުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވީ ހިތާ ދެކޮޅަށް ކަމަށާއި އެއީ ކުރީގެ ރައީސް ޔާމީނަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ އިންޑިއާ ކަހަލަ ބޮޑު ގައުމަކަށް ކުޑައިމީސް ވާގޮތަށް ބަހެއް ބުނުމަކީ އޭގެ ޒާތުގައި މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި ޕީއެންސީގެ ލީޑަޝިޕުން އެކަން ކުރީ އޭރު ވެސް ރުހިގެން ނޫން ކަމަށެވެ.

އެގޮތުން މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އައުޓް ޓީޝާޓު ލައިގެން އެ ކެމްޕޭނަަށް އޭރު ނުކުންނެވީ ވެސް ހިތާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ އައުޓު ޖެހިއިރު އަޅުގަނޑުމެންނަށް ފެނުނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ހަމަ އެ ޓީޝާޓު ތުރުކުރައްވައިގެން އަޅުގަނޑުމެންނެކޭ އެއްގޮތަށް މަގުމައްޗަށް ނުކުމެ މަގުމަތީގައި ހުންނެވި ތަން...،" އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެންނަށް އޭރުގައި މަގުދައްކަން މަގުކޮށެވި ގޮތަށް އެކަން ވެސް ކުރެއްވީ އާންމު ރައްޔިތުންގެ ކުރިމައްޗަށް ބޮޑު ދައުލަތެއް އެކަމާ އިންތިހާއަށް ދެކޮޅު ހަދަހަދައި އޮތް އިރުގައި ވެސް އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓު ތުރުކުރައްވައިގެން އަޅުގަނޑުމެންނާ އެކު މަގުމައްޗަށް ނުކުމެވަޑައިގެން މަސައްކަތް ކުރެއްވީ ހިތާ ދެކޮޅަށް،" ހުސެއިން ޝަރީފް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވުމަކީ އިންޑިއާއާއި ރާއްޖޭގެ އެތައް ބައެއްގެ ނުރުހުން އަމާޒުވާނެ ކަމެއްމަން އެނގުނު ނަމަވެސް އިދިކޮޅުގައި އޮންނައިރު އެންމެ މުހިންމު ކަމަކީ ވެރިކަމަށް އައުން ކަމަށް ވެސް ހުސެއިން ޝަރީފް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ޖަހައިގެން ހިތާ ދެކޮޅަށް މަގުތައް މައްޗަށް ނުކުތީ އޭރުގެ ލީޑަރެއްގެ ގޮތުގައި ހުންނެވި، ރައީސް ޔާމީންއަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"[އިންޑިއާ އައުޓް ޓީޝާޓު ލައިގެން ރައީސް މުއިއްޒު ނުކުންނެވީ] އެއީ ކޮންމެހެން ބިރަކުންނެއް ނޫން، އެއީ ގައުމުގެ ހައްގުގައި ވެސް ފަހަތަށް ޖެހެނީއަކީ ނޫން، އޭގެ މުޅި މަސްލަހަތަށް ބަލަނީ ކަމުގައި ވާނަމަ އެތައް ރައްޔިތެއްގެ ނުރުހުމާއި ރުޅިވެރިކަން، އެހެން ގައުމެއްގެ ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން އަމާޒު ވެދާނެތީ އޭގެ މަސްލަހަތަށްޓަކައި އެކަން ކުރަން ނޭދުނަސް ލީޑަރެއްގެ ފަހަތުގައި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަން ވެސް ކުރީ، އަޅުގަނޑުމެންގެ ހިތާ ދެކޮޅަށް ނަމަވެސް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން،" ހުސެއިން ޝަރީފް ވިދާޅުވި އެވެ.

ހުސެއިން އެ ވާހަކަ ދެއްކެވިއިރު، އިންޑިއާ އައުޓު ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޕީއެންސީގެ ޗެއާޕާސަން، އަދި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވެސް އިންނެވި އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ މި ސަރުކާރުން ވެރިކަމަށް އައުމަށް އެންމެ ވަރުގަދައަށް ކުރި ކެމްޕޭނެވެ. ރައީސް މުއިއްޒުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ކަންކޮޅަށް ދަތުރުކުރައްވައި ކުރެއްވި ކެމްޕޭނުގައި ވެސް އެމަނިކުފާނު އެންމެ ގިނައިން ދެއްކެވީ އެ ވާހަކަ އެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ވެެސް ރައީސް މުއިއްޒު ވަނީ އެ ރާގުގައި އެތައް ވާހަކައެއް ދައްކަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox