އަމިއްލަ ބޭނުމަށް ގެންނަ މުދަލުން ޑިއުޓީ ނަގަން ފަށާ ލިމިޓު 10،000ރ. އަށް މަތިކޮށްފި

ވެލާނާ އެއާޕޯޓުގެ ކާގޯ ޓާމިނަލްގައި ހުރި މުދާތަކެއް: އަމިއްލަ މުދަލުން ޑިއުޓީ ނަގަން ފަށާ ލިމިޓަކީ މިހާރު 6000ރ. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އެއާޕޯޓުގެ ކާގޯ ޓާމިނަލްގައި ހުރި މުދާތަކެއް: އަމިއްލަ މުދަލުން ޑިއުޓީ ނަގަން ފަށާ ލިމިޓަކީ މިހާރު 6000ރ. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދަތުރުވެރިންނާއި އަމިއްލަ މީހުންފެ ކުދި ކުދި ބޭނުމަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރާ މިންވަރު އިތުރުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ މިފަދަ ތަކެތިން ޑިއުޓީ މައާފު ކުރާ މިންވަރު 10,000ރ. އަށް ބޮޑުކުރުމަށް ފަހު, އެކަމަށް އަމަލު ކުރަން ފަށާނީ ޖުލައި, 1 އިން ފެށިގެން ކަމަށެވެ. މީގެ ކުރިން އަމިއްލަ ބޭނުންތަކަށް މިގޮތަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރާ އަދަދަކީ 6,000ރ. އެވެ.

މި ބަދަލު ގެނެސްފައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުން ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރުގެ ދަށުންނެވެ. މި ބަދަލާ ގުޅިގެން ކަމާބެހޭ އުސޫލަށް އިސްލާހު ގެނެސް, ކަސްޓަމްސްގެ ވެބްސައިޓުގައި އާންމު ކޮށްފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ބަދަލަކަށް ވެގެންދާނެ ކަމަށެވެ.

އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރާ މިންވަރު 10,000ރ. ހަދާފައިވީ ނަމަވެސް, އެކަމުން އިސްތިސްނާވާ ބައެއް މުދާ ހިމެނެ އެވެ.

އޭގެ ތެރޭގައި ދުންފަތާއި ނިކޮޓިން ހިމެނޭ ބާވަތްތަކާއި, ޝީޝާ, އީ-ސިގިރެޓު, އެނާޖީ ޑްރިންކް, ސިންގަލް ޔޫސް ޕްލާސްޓިކް, މޮޓޯސައިކަލާއި އޮޓޯސައިކަލު, ހަތަރު ފުރޮޅުލީ ދުއްވާ އުޅަނދު, ކަނޑުގައި ދުއްވާ ތަކެތި އަދި އުޅަނދުތަކުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.

މީގެ އިތުރުން, ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައ،ި އަމިއްލަ ބޭނުން ފިޔަވައި އެހެން ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެތި ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ހަމައެހެންމެ، މުދަލުގެ އަގު 10,000ރ. އަށް ވުރެ ކުޑަ ވިޔަސް, މުދަލުގެ ބާވަތާއި އަދަދަށް ނިސްބަތްކޮށް, އެއީ ވިޔަފާރި މުދަލުގެ ގޮތުގައި ކަސްޓަމްސްއަށް ގަބޫލުކުރެވޭ ތަކެތި ވެސް މި ބަދަލުން އިސްތިސްނާ ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox