ޑޮލަރުގެ ތާށިކަން އިންތިހާއަށް: ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ވިއްކާ އަދަދު ބޮޑުތަނުން ކުޑަކޮށްފި

މަދީނާގައި ކިޔަވާ ދަރިވަރުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން: ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ވިއްކާ އަދަދު ސަރުކާރުން ވަނީ ކުޑަކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

މަދީނާގައި ކިޔަވާ ދަރިވަރުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން: ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ވިއްކާ އަދަދު ސަރުކާރުން ވަނީ ކުޑަކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްއަށް ގަންނަން ލިބޭ ޑޮލަރުގެ ނިސްބަތް މަދުވުމާއެކު ވެސް ގަންނަން ލިބޭ އަދަދަށް ވުރެ ގިނައިން ޑޮލަރު ވިއްކަން ޖެހުމުން ކުރިމަތިވެފައިވާ މާލީ ބުރައަށް ހައްލެއް ހޯދުމަށްޓަކައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އެ ބޭންކުން ދޫކުރާ ޑޮލަރުގެ ލިމިޓަށް ބަދަލު ގެނެސްފި އެވެ.

ބޭންކުން ވަނީ ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް "ސްޓައިޕެންޑް" ގެ ގޮތުގައި ކޮންމެ މަހަކުވެސް ދަރިވަރަކަށް ވިއްކަމުން އައި 1،000 ޑޮލަރުގެ ބަދަލުގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އަދަދެއް ދިނުމަށް ނިންމައިފަ އެވެ.

ބޭންކުން ވަނީ އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް މި ބަދަލުތަކުގެ ތަފުސީލު ފޮނުވައިފަ އެވެ. އެކަން ބޭންކުގެ އޮފިޝަލަކުވަނީ "އަދަދު" ކަށަވަރުކޮށްދެއްވާފަ އެވެ.

ދިވެހި ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ގައުމުތަކަށް މިނިސްޓްރީން ސްޓައިޕެންޑްގެ ގޮތުގައި މަހަކަށް މިހާރު ކަނޑައަޅާފައިވާ އަދަދުތައް:

1. މެލޭޝިއާ 1960 ރިންގިޓް (ގާތްގަނޑަކަށް 415 ޑޮލަރު)

2. އިންޑިއާ: 440 ޑޮލަރު

3. ނޭޕާލް: 415 ޑޮލަރު

4. ފިލިޕީންސް: 450 ޑޮލަރު

5. ރަޝިއާ: 615 ޑޮލަރު

މި ބަދަލާއެކު ގިނަ ދަރިވަރުންތަކަކަށް މަހެއްގެ މައްޗަށް ވިއްކަމުން އައި ޑޮލަރުގެ އަދަދު ދެބައި ކުޅަ އެއް ބަޔަށް ކުޑަވެގެންދާނެ އެވެ.

ފާއިތުވި އަހަރު ވެސް ބީއެމްއެލުން ވަނީ ކަސްޓަމަރުންނާއި އެމްއެމްއޭ އިން އެ ބޭންކަށް ގަންނަން ލިބުނު ޑޮލަރުގެ އަދަދަށްވުރެ 333 މިލިއަން ޑޮލަރު އިތުރަށް ވިއްކައިފަ އެވެ.

ނަމަވެސް ބޭންކަށް ގަންނަން ލިބެން ނެތް އެއްޗެއް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާ ހިނދު، އެ މަގު ފަހިވަންދެން ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި އުދަނގޫ ނިންމުންތަކެއް ނިންމަން މަޖުބޫރުވާ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭނެ އަދަދު 1،200 އިތުރުކުރުމަށް ސަރުކާރުން ޑިސެންބަރު މަހު ވައުދުވެފައިވި ނަމަވެސް އެކަން ކޮށްދެވިފައެއް ނުވެ އެވެ.

ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަކީ ހައްލުނުވެ އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. ރަސްމީ އެކްސްޗޭންޖް ރޭޓަކީ 15.42ރ. ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 18ރ. އިން މަތީގެ އަގުތަކުގަ އެވެ.

މި މައްސަލައިގައި އެމްއެމްއޭއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ސަބަބަކީ، އެ އިދާރާގެ ހުއްދަ ލިބިގެން ހިންގާ މަނީ އެކްސްޗޭންޖުތަކުން ވެސް މިކަމުގައި ބައިވެރި ވާތީ އެވެ. އަދި ފާޅުކަން ބޮޑުކޮށް މިކަން ކުރަމުންދާއިރު، މިހާތަނަށް އެމްއެމްއޭއަށް މިކަން ހުއްޓުވަން އެކަށީގެންވާ ވަރުގެ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox