ދައުލަތުގެ ހަރަދުކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލަން ރައީސް ނިންމައިފި

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ރައީސް މުއިއްޒު: އެ ބައްދަލުވުމުގައި ދައުލަތުގެ ހަރަދު ކުޑަކުރަން ރައީސް ވަނީ ނިންމަވާފަ - ފޮޓޯ: ރައީސް އޮފީސް

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ރައީސް މުއިއްޒު: އެ ބައްދަލުވުމުގައި ދައުލަތުގެ ހަރަދު ކުޑަކުރަން ރައީސް ވަނީ ނިންމަވާފަ - ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުމުގެ ސިޔާސަތެއްގެ އިތުރުން މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި ރައީސް މިފަދައިން ނިންމަވާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަޒީރުންގެ ލަފާގެ މަތިންނެވެ.

ސަރުކާރުން މި ފިޔަވަޅުތައް އެޅުމަށް އެދި ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަޒީރު، ޑރ. މުހައްމަދު ޝަފީގު އެވެ. މީގެކުރިންވެސް ޝަފީގު ވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެކަމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށާއި އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދިއުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ހަރަދު ކުޑަކުރަން ރައީސް މުއިއްޒު ނިންމަވާފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް ސަރުކާރު ހިންގުމަށް ކުރި ހަރަދު ނުވަތަ ރިކަރަންޓު ހަރަަދުތަކާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ކުރި ހޭދަ 627 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޖޫން ހަޔަކާ ހަމައަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ނަންބަރުތައް ހިމެނޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު" ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓްތަކުން ފެންނަ ގޮތުގައި މުވައްޒަފުންނަށް ކުރާ ހަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މުވައްޒަފުންނަށް ހިނގާ ހަރަދު މި އަހަރު ވަނީ 11 ޕަސެންޓުން އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދުވެސް ވޭތުވެދިޔަ އަހަރަށްވުރެ 617 މިލިއަނުން ވަނީ އިތުރުވެފަ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އިން މަތި ނުވާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް ވެރިކަމަށް ހަތް މަސްވެފައިވާއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އެ އަދަދު 2000 އާ ގާތް ކުރާ ކަމަށް މީގެ ކުރިން މައުލޫމާތު ލިބިފައިވާއިރު ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން ފަށާފައިވާ ކަމަށް މި ހަފުތާގެ ތެރޭގައި ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރި ވުޒާރާތަކުގެ އެވްރެޖް އަދަދު 40 އިން މަތިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox