މިފްކޯގައި ފައިސާއެއް ނެތް، މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތްތަކެއް ހޯދަނީ

ކޫއްޑުގައި ހިންގާ މިފްކޯގެ މަސް ފެކްޓަރީއަށް މަސް ކިރަނީ، މަސްވެރިންނަށް ފައިސާ ނުދެވި ލަސްވަނީ ކުންފުނީގައި ފައިސާ ނެތިގެން -- ފޮޓޯ: އަދަދު

ކޫއްޑުގައި ހިންގާ މިފްކޯގެ މަސް ފެކްޓަރީއަށް މަސް ކިރަނީ، މަސްވެރިންނަށް ފައިސާ ނުދެވި ލަސްވަނީ ކުންފުނީގައި ފައިސާ ނެތިގެން -- ފޮޓޯ: އަދަދު

މަސްވެރިންނަށް ދެންޖެހޭ ފައިސާ ދެވޭ ވަރަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯގައި މިވަގުތު ފައިސާ ނެތް ކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރަމުން ދަނީ މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯގެ އޮފިޝަލަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ފައިސާ ހަމަޖެހުނުހައި އަވަހަކަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް ދޫކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް ދޫކުރެވޭތޯ، އެކަމަކު މިވަގުތު މިފްކޯގައި ފައިސާއެއް ނެތް، ފައިސާ ލިބުނުހައި އަވަހަކަށް މަސްވެރިންނަށް ފައިސާ ދޫކުރާނަަން،" މިފްކޯގެ އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ ފައިސާގެ ދަތިކަން މިފްކޯއަށް ކުރިމަތިވެފައި އޮތް ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިފްކޯގައި ފައިސާގެ ދަތިކަން ނެތްނަމަ، މި ހަފުތާގައި ވެސް މަސްވެރިންނަށް ކޮންމެވެސް މިންވަރެއް ދޫކުރެވުނީސް،" އޮފިޝަލް ވިދާޅުވި އެވެ.

ފައިސާގެ ދަތިކަން މިފްކޯއަށް ކުރިމަތިވެފައިވާ ކަމަށް މިފްކޯއިން ބުނެފައިވާއިރު، އެ ކުންފުނިން މަސްވެރިންނަށް ދޭންޖެހި، ނުދީ ހުރި ފައިސާގެ އަދަދު 35 މިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ.

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރައީސްގެ އެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ފައިސާ ނުލިބޭތީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އެ ކަންކަމާ ގުޅޭ ގޮތުން އެމީހުންނާ ވާހަކަ ދައްކަން ކަމާގުޅޭ އިސް ފަންތީގެ ބޭފުޅަކު މުޒާހަރާގެ ބައިވެރިންގެ ގާތަށް ވަޑައިގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.

ނަމަވެސް ސަރުކާރުން މިހާތަނަށް މުޒާހަރާގެ ބައިވެރިންގެ އެއްވެސް ގޮވައިލުމަކަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.

ފިޝަރީޒް މިނިސްޓްރީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މިފްކޯއާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި "މާލީ ގޮތުން ނޭވާ ލާނެ ގޮތްތައް" ހޯދަން ފިނޭންސް މިނިސްޓަރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އޭގައި އަލި މަގެއް ލިބޭނެކަން. ލިބިއްޖެ ކަމަށް ވަންޏާމު މިފްކޯއަށް ވެސް ހަމަ އެ ލުއި ލިބިގެން އެ ދިޔައީ. މިފްކޯއަށް ދައުލަތުން ދޭންޖެހޭ ސަބްސިޑީ ދިނުމުގައި ވެސް ތަންކޮޅެއް ފަސޭހަ ވެގެންދާނެ. އޭރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ދިނުމުގައި ތަންކޮޅެއް ފަސޭހަ ވެގެންދާނެ،" މިނިސްޓަރު އެދުވަހު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސް ގަންނަމުންދިޔަ އަގަކީ ކިލޯއަކަށް 25ރ. އެވެ. އޭގެ ސަބަބުން މަސްވެރިންނަށް ފައިސާ ދިނުމަށް ދަތިތަކާ ދިމާވެ ފައިސާ ދިނުން ލަސްވުމުގެ ސަބަބުން މިދިޔަ ފެބްރުއަރީ މަހު އަދި މިމަހު ކުރީގައި ވެސް މަސްވެރިން އިހުތިޖާޖު ކުރި އެވެ.

ފެބްރުއަރީގައި ކުރި މުޒާހަރާގެ ތެރެއިން ކޫއްޑޫގެ އޮޕަރޭޝަންތައް ވެސް މަަސްވެރިންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ މުޒާހަރާ ނިންމައިލީ މަސްވެރިންނަށް ދޭންޖެހި ނުދެވި ހުރި ފައިސާގެ ތެރެއިން ދޭން ޖެހޭ ބޮޑު އިންސައްތައެއް ޖަމާކުރުމުންނެވެ.

މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން މަހުގެ އަގު 20ރ. އަށް ވެސް ކުޑަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox