ބަނދަރު ހިންގަން އެމްއޯޔޫ ހެދި ކުންފުނީގެ ހުށަހެޅުން ރައީސްއަށް ފޮނުވި، ސަރުކާރުގެ ބަހެއް ނެތް

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓު ޝާހިދުއާ ރައީސްއާ ދެ ބޭފުޅުން. އައިސީޓީއެސްއައިއިން ހުށަހެޅި ހުށަހެޅުންތަކުގެ މައުލޫމާތު އެންމެ ފުރަތަމަ ހިއްސާކުރީ ޝާހިދުއާ --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓު ޝާހިދުއާ ރައީސްއާ ދެ ބޭފުޅުން. އައިސީޓީއެސްއައިއިން ހުށަހެޅި ހުށަހެޅުންތަކުގެ މައުލޫމާތު އެންމެ ފުރަތަމަ ހިއްސާކުރީ ޝާހިދުއާ --- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ފިލިޕީންސްގެ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް ސާވިސަސް އިންކް (އައިސޓީއެސްއައި) އާ ހަވާލުކުރުމަށް ސޮއިކުރުމުގެ އެއް ހަފްތާ ކުރިން އެ ކުންފުނީގެ ހުށަހެޅުމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއެއް މެދުވެރިކޮށް ފޮނުވާފައިވާކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

އެއްބަސްވުން ބާތިލުކޮށްފި ނަމަ ނުވަތަ ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސްފި ނަމަ އެމްޕީއެލްއިން ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ ދައްކަން މަޖުބޫރުވާ ގޮތަށް މާޗު 28, ގައި ވަނީ އައިސީޓީއެސްއައި އާއެކު އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.

އޭގެ އެއް ހަފްތާ ކުރިން މާޗު 21, ގައި އެ ކުންފުނީގެ އޭޝިއާ ޕެސިފިކް އަދި ފިލިޕީންސް ސަރަހައްދުގެ ބިޒްނަސް ޑިވެލޮޕްމަންޓު އިސްވެރިޔާ ޖެރާޑް ލަންގެސް ސޮއިކޮށް ރައީސް މުއިއްޒުއަށް އެޑްރެސްކޮށް ސިޓީއެއް ވަނީ ފޮނުވާފަ އެވެ. އެ ސިޓީގައި މައިގަނޑުކޮށް ހިމަނާފައި ވަނީ ބަނދަރު ތަރައްގީކޮށް ހިންގުމަށް އައިސީޓީއެސްއައި އިން ހުށަހަޅާ ޝަަރުތުތަކެވެ.

"އަދަދު" ނޫހުން މިއަދު ވަނީ އެފަދަ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވޭތޯ އަދި ބަނދަރު ދޭން އެއްބަސްނުވެއްޖެނަމަ އެމްޕީއެލްއިން ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭ ގޮތަށް ސޮއިކޮށްފައިވަނީ ކީއްވެގެންތޯ ރައީސް އޮފީހުގައި އަހާފަ އެވެ.

ނަމަވެސް, މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިކަމާ ގުޅޭ ގޮތުން ޖަވާބެއް ދެއްވާފައި ނުވެ އެވެ.

މާޗު 21 ގައި ރައީސަށް ފޮނުވާފައި އޮތް ސިޓީ. އެމްޕީއެލްއިން ގެއްލުން ލިބޭ ގޮތަށް އެމްއޯޔޫއެއްގައި ސޮއިކުރީ އޭގެ އެއް ހަފްތާ ފަހުން މާޗު 28, ގައި --- ފޮޓޯ: އަދަދު
މާޗު 21 ގައި ރައީސަށް ފޮނުވާފައި އޮތް ސިޓީ. އެމްޕީއެލްއިން ގެއްލުން ލިބޭ ގޮތަށް އެމްއޯޔޫއެއްގައި ސޮއިކުރީ އޭގެ އެއް ހަފްތާ ފަހުން މާޗު 28, ގައި --- ފޮޓޯ: އަދަދު

މާޗު 21 ގައި ރައީސަށް ފޮނުވާފައި އޮތް ސިޓީ. އެމްޕީއެލްއިން ގެއްލުން ލިބޭ ގޮތަށް އެމްއޯޔޫއެއްގައި ސޮއިކުރީ އޭގެ އެއް ހަފްތާ ފަހުން މާޗު 28, ގައި --- ފޮޓޯ: އަދަދު

މި ސިޓީގައި އޮތީ ކީކޭ؟

އެ ސިޓީގައި އެންމެ ފުރަތަމަ ވަނީ އައިސީޓީއެސްއައިގެ ޗެއާމަން އެންރިކޭ ރެޒޯންގެ ނަމުގައި ރައީސަށް ރޯދަ މަހުގެ ތަހުނިޔާ އަރިސްކޮށްފަ އެވެ. އެއަށްފަހު ބަޔާންކޮށްފައި ވަނީ މިނިސްޓަރު ޝާހިދުއަށް ހުށަހަޅައިދިން ޕްރެޒެންޓޭޝަނަށް ފަހު ރައީސަށް އެ ކުންފުނީގެ ހުށަހެޅުންތައް ހުށަހަޅާ ކަމަށެވެ. އޭގެ ތިރިއަށް ފަސް ނުކުތާއެއް އައިސީޓީއެސްއައިއިން ހިމަނާފައިވެ އެވެ.

titledesc

އައިސީޓީއެސްއައިއިން ރައީސްއަށް ފޮނުވި ސިޓީގައި ބުނަނީ ބަނދަރުގެ މިލްކިއްޔާތު އޮންނާނީ ސަރުކާރުގައި ކަމަށެވެ. ބަނދަރު 25 އަހަރަށް ހިންގުމާއި ތަރައްގީ ކުރުމުގެ ކަންކަން އެ ކުންފުނިން ހަވާލުވާނެ ކަމަށާއި އިތުރު 25 އަހަރަށް އެ މުއްދަތު ދަންމާލެވޭނެ ކަމަށް ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ބަނދަރު ތަރައްގީ ކުރަން ކުރަން ޖެހޭ ހަރަދަތައް އެ ކުންފުނިން ކުރާނެ ކަމަށް ބަޔާންކޮށްފައިވާއިރު އެ ކަމަށް 150-300 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ފުރަތަމަ ފިޔަވަހި ނިމޭއިރު 300,000 ކޮންޓެއިނަރަށް އަހަރެއްގެ ތެރޭ ހިދުމަތް ދެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން, ލިބޭ އާމްދަނީ ސަރުކާރަށް ވަކި ޕަސެންޓެއް ދެއްކުމަށާއި ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްގެންދިޔުމަށް ޓެކްނިކަލް އެހީތެރިކަމާއި ދިވެހިން އެކަންކަމަށް ތަމްރީނު ކޮށްދިނުމަށް ވެސް އެ ކުންފުނިން ރައީސަށް ފޮނުވި ހުށަހެޅުމުގައި ލިޔެފައިވެ އެވެ.

ހަމައެހެންމެ, ތިލަފުށީގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރީއެކްސްޕޯޓް ޒޯނެއް ވެސް ގާއިމުކުރަން ވަނީ ހުށަހަޅާފަ އެވެ. ތިލަފުއްޓަށް ކޮންޓެއިނަރު ޓާމިނަލް ބަދަލު ކުރުމަށް ފަހު މާލޭގެ ބަނދަރު ކޮމާޝަލް ބަނދަރެއްގެ ގޮތުގައި ޔޮޓް މެރީނާއަކާއެކު ތަރައްގީ ކުރަން ވެސް އައިސީޓީއެސްއައި ތައްޔާރު ކަމަށް ރައީސަށް މައުލޫމާތު އަރުވާފައިވެ އެވެ.

މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓަށް އިންވެސްޓު ކުރުމަށް ވެސް އެ ކުންފުނިން ވިސްނާނެ ކަމަށް އައިސީޓީއެސްއައިއިން ރައީސްގެ އަރިހުގައި ދަންނަވާފައިވެ އެވެ.

ފަސްވަނަ ނުކުތާއަކަށް އޮތީ ބަނދަރު ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކަންކަން ބެލުމަށް ތިން މަސް ދުވަހުގެ އެކްސްކްލޫސިވް އެމްއޯޔޫއެއް ސަރުކާރާއެކު ގާއިމުކުރުމަށެވެ. އެ އެއްބަސްވުން ގާއިމުކުރީ އެމްޕީއެލްއާ ދެމެދު އެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސަށް ފޮނުވި ސިޓީގައި ހުރި ޝަރުތުތަކަކީ އެ ކުންފުނިން އެމްޕީއެލްއާއެކު ސޮއިކުރި "އެމްއޯޔޫ" ގައި ހިމެނޭ މާއްދާތަކެވެ.

އިންޑިއަން ސަބް-ކޮންޓިނެންޓްގައި އައިސީޓީއެސްއައިގެ ބަނދަރެއް ނެތްކަން ފާހަގަކޮށް ރާއްޖޭގެ ބަނދަރަކީ އެ ކުންފުނީގެ ފްލެގްޝިޕް ބަނދަރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ސިޓީގައި ލިޔެފައިވެ އެވެ.

އެ ކުންފުނީގެ މިފަދަ މަޝްރޫއުއެއް ހިންގުމުގެ ގާބިލުކަން ހުރިކަން ޔަގީން ކޮށްދިނުމަށް މިނިސްޓަރު ޝާހިދުއަށް އެ ކުންފުނީގެ މާލީ ހިސާބުކިތާބުތައް ދައްކާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި, މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އެހީތެރިވާނެ ކަމަށް މާލީ އިދާރާތަކުން ދީފައިވާ ސިޓީތަކުގެ ކޮޕީ ވެސް ޝާހިދުއަށް ފޮނުވި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓު ހިންގުމަށް އެ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމަކަށް ދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެމްޕީއެލްއިން އައިސީޓީއެސްއައި އާއެކު ސޮއިކުރި އެއްބަސްވުމާ ގުޅޭ ރިޕޯޓު ތިރީގައިވާ ލިންކުން ކިޔާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox