ހައްޖުގެ ހިދުމަތް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތުކޮށް, މައްސަލަ އޭސީސީއަށް ހުށަހަޅަނީ

ރާއްޖޭގެ ބައެއް ހައްޖާޖީން; ހައްޖުގެ ހިދުމަތް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު ހައްޖާޖީއަކު ކޮށްފައިވޭ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ބައެއް ހައްޖާޖީން; ހައްޖުގެ ހިދުމަތް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު ހައްޖާޖީއަކު ކޮށްފައިވޭ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުކޮށް, މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ހައްޖާޖީއަކު ނިންމައިފި އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު, އަންނަ އަހަރަށް ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަން ކަމަށް ބުނެ މިއަހަރު ހައްޖަށް ދިޔަ މުހައްމަދު ނިޒާމް ވަނީ އޭނާގެ ތަޖުރިބާ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އަދި ހިދުމަތް ދިނުމުގައި ހައްޖު ކޯޕަރޭޝަނުން ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުކޮށް މައްސަލަ އޭސީސީއަށް ހުށަހަޅަން ގަސްތު ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނީ, ހައްޖަށް ގެންދިއުމަށް ނަގާ އަގާ އެއްވަރު ފެންވަރުގެ ހިދުމަތް ނުލިބޭ ކަމަށާއި, ހައްޖާޖީންނާ މެދު އަމަލުކޮށްފައި ވަނީ ލާއިންސާނީ ގޮތަކަށް ކަމަށެވެ. އެގޮތުން, 300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައިވުމާއެކު, ހޫނު ގަދަވެގެން ބައެއް ދިވެހިން ނިދަން ކައިރި މިސްކިތަކަށް ދާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ހައްޖުގެ އަޅުކަމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައި ގޮސް, އެއަށް ވުރެ މަދު އެއްޗެއް ހަރަދުކުރި ލަންކާ މީހުންނާ އެއް ޓެންޓެއްގައި އެއް މުތޮއްވިފު ނުވަތަ އެޖެންޓު ހިއްސާ ކުރަންޖެހުނު ކަން ވެސް ނިޒާމް ފާހަގަކުރި އެވެ.

މިއަހަރު ހައްޖަށް ދިޔަ މީހުންގެ ހާލަތު ބަޔާންކޮށް ހައްޖާޖީއަކު ހިއްސާކުރި ފޮޓޯއެއް
މިއަހަރު ހައްޖަށް ދިޔަ މީހުންގެ ހާލަތު ބަޔާންކޮށް ހައްޖާޖީއަކު ހިއްސާކުރި ފޮޓޯއެއް

މިއަހަރު ހައްޖަށް ދިޔަ މީހުންގެ ހާލަތު ބަޔާންކޮށް ހައްޖާޖީއަކު ހިއްސާކުރި ފޮޓޯއެއް

ނިޒާމް ބުނި ގޮތުގައި ފުރަތަމަ ދެ ދުވަހު ކާން ދިނީ "ބަންގާޅީ" ކެއުން ކަމަށާއި, އެކަމުގެ ސަބަބުން ދުވަސްވީ ގިނަ މީހުން ނުކައި ތިބި ކަމަށެވެ. އަދި ކާއެއްޗެހި ފޯރުކޮށްދިނުން ލަސް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެހެންކަމުން ހައްޖުވެރިން އަތުންނެގި ފައިސާއާއި އެއްވަރުގެ ހިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާތީ ކަމަށް ތުހުމަތު ކުރެވޭ. މިކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅަން ގަސްތުކުރަން. އަދި ލާއިންސާނީ ގޮތެއްގައި ހާޖީންނާއިމެދު ކަންކަން ކޮށްފައިވާތީ އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް މަޖްލީހަށާއި އެޗްއާރްސީއެމަށް ހުށަހަޅަން ގަސްތުކުރަން," ނިޒާމު ބުންޏެވެ.

ނިޒާމުގެ ތުހުމަތުތަކަށް ރައްދުދީ, ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ އޭނާގެ ޕޯސްޓަށް ކޮމެންޓުކޮށްފަ އެވެ.

ޝަކީލް ތުހުމަތު ކުރެއްވި ގޮތުގައި ނިޒާމު އެފަދަ ތުހުމަތުތަކެއް ކުރީ އޭނާގެ ބައްޕަ ހައްޖަށް ދާން ލިބުނު ފުުރުސަތުގައި ނިޒާމްގެ ބައްޕައަށް އެހީތެރިވުމަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ނިޒާމްގެ ދެ ކަނބަލުންނަށް ބައިވެެރިވުމުގެ ފުރުސަތަށް އެދުމުން, އުސޫލުގެ ބޭރުން އެ ފުރުސަތު ނުދެވޭނެ ކަމަށް ބުނުމުން ކަމަށެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނަކީ ހުރިހާ ހައްޖުވެރިންނަށް ހިދުމަތް ކުރުމަށް އަންނަ ބަޔަކަށް ވާއިރު ވަކި މީހަކަށް އެހީތެރިވާން އަތުވެއްޖެނަމަ ހިދުމަތް ކޮމްޕްރޮމައިޒް ވާނެ އެވެ.

"ހައްޖު ކޯޕަރޭޝަނުން އިއުލާން ކުރި ބިޑަކަށް ނިޒާމް ކުރިމަތިލުމަށްޓަކާ އަޅުގަނޑަށް ކޮންޓެކްޓް ކުރުމުން އެއީވެސް އޯޕަން ބިޑެއް ކަމަށް ބުނެ ކޮރަޕްޝަނަށް އަޅުގަނޑުވާނީ ދެކޮޅު ހަދާފައި," ޝަކީލް އިތުރަށް ވިދާޅުވި އެވެ.

މި ސަބަބާހުރެ ނިޒާމްގެ ބައްޕަގެ ބަދަލުގައި މި އަހަރު ހައްޖަށް އައިސް ހުރެ ކޮޕަރޭޝަންގެ މެނޭޖްމަންޓަށް އެކި ކަހަލަ ތުހުމަތުތަައް ކުރަމުންދާއިރު, ނިޒާމް އަވަހަށް ތައުބާވެ ހަގީގަތާ ހިލާފް ވާހަކަ ދެއްކި ކަމަށްޓަކާ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަސް ވެސް ޝަކީލް ވަނީ އެދިފަ އެވެ. އަދި ނިޒާމާއެކު ދެއްކި ވާހަކަތަކުގެ ސްކީންޝޮޓް ހުރިކަން ޝަކީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox