އީދު ހުތުބާގައި ގޮވާލީ ހިޔާލު ތަފާތުވުންތަކުގައި އިހުތިރާމްކުރުން އިސްކުރުމަށް

Jun 16, 2024, 9:12 AM
ޢީދު ބޮޑު ޖަމާޢަތް - މާފަންނު ސްޓޭޑިއަމް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޢީދު ބޮޑު ޖަމާޢަތް - މާފަންނު ސްޓޭޑިއަމް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހިޔާލު ތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިހުތިރާމްކޮށް، އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކުރުމަށް މިއަދު ދިން ބޮޑު އީދު ހުތުބާގައި ގޮވާލައިފި އެވެ.

އިސްލާމީ އުންމަތް މިއަދު ފާހަގަކުރަމުންދާ ބޮޑު އީދުގެ މުނާސަބަތުގައި އިއްވި ހުތުބާގައި ވަނީ ދޭދޭ ގުޅުންތައް ވަރުގަދަ ކުރުމުގައި އަތުކުރި އޮޅާލުމަށް ގޮވާލާފަ އެވެ. 

“ގައުމަކަށް ލިބޭނެ އެންމެ ބޮޑު އަނެއް ނިއުމަތަކީ އެ ގައުމަކީ އަމާންކަން ލިބިފައިވާ ގައުމަކަށް ވުމެވެ. މި ކަންކަން އެ ބަޔަކަށް ހާސިލުވާނީ ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ވަރުގަދަވެ އެއްބައިވަންތަ ބަޔަކަށް ވެގެން،” ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

އިސްލާމް ދީނުގައި އެންމެ މެދުގައި ވެސް ހަމަހަމަކަން ކަނޑައަޅާފައިވާ ކަމަށާއި އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރި ނުވުމަށް ދީނުގައި ބާރުއަޅާ ކަމަށް ވެސް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

އީދު ފާހަގަކުރަމުންދާއިރު އިސްލާމް ދީނުގެ މިންގަނޑުތަކުގެ ތެރެއިން ފާހަގަކުރުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފަ އެވެ.

“އުފާ ފާޅުކުރާއިރު އިސްލާމް ދީނުގެ އުސޫލުތަކަށް ތަބާވާން ޖެހެއެވެ. ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ކުރުމާއި އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހެ އެވެ” ހުތުބާގައި އިއްވާފައިވެ އެވެ.

އިސްލާމް ދީނަކީ އިއްޒަތްތެރިކަން ލިބިފައިވާ ދީނަކަށް ވިޔަސް މިއަދު މުސްލިމުން ނިކަމެތިވެފައިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެގޮތުން، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގެ ވާހަކަ ހިއްސާކޮށްފައިވެ އެވެ.

އިސްލާމީ އުންމަތުގެ މީސްތަކުންނާއި ވަސީލަތްތައް ގިނަވި ނަމަވެސް ފަލަސްތީނު ހިމާޔަތްކުރަން ނުކުޅެދިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި، މިފަދަ ދުވަހެއްގައި އުންމަތް ބިނާކުރަން އަޒުމް ކަނޑައެޅުމަށް ވެސް ހުތުބާގައި ގޮވާލާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox