ސްޓުޓްގާޓް:
މި ސިޓީ އަކީ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސިޓީ އެކެވެ. މާސިޑީސް އަދި ޕޯޝް ބްރޭންޑްގެ ފެކްޓްރީ ހުންނަނީ މި ސިޓީގަ އެވެ.
ސްޓެގާޓް އެރީނާ
ސްޓޭޑިއަމް ކެޕޭސިޓީ: 51,000
ސްޓޭޑިއަމް ނިސްބަތްވާ ޓީމު: ވީއެފްބީ ސްޓުޓްގާޓް

ކުޅެފައިވާ މަޝްހޫރު މެޗުތައް: 1998 ވަނަ އަހަރުގެ ޔޫރޮޕިއަން ކަޕް ފައިނަލް, ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗު
މި ސްޓޭޑިއަމް އަކީ ގިނަ ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވާ ސްޓޭޑިއަމް އެކެވެ. އެންމެ ފުރަތަމަ މި ސްޓޭޑިއަމް ހުޅުވާފައިވަނީ 1993 ވަނަ އަހަރެވެ. އެކަމަކު، އޭގެ ކުރިން 1974 ވަނަ އަހަރުން ފެށިގެން މި ސްޓޭޑިއަމްގައި އެކި މެޗުތައް ވަނީ ކުޅެފަ އެވެ. މި އަހަރުގެ މުބާރާތުގައި ފަސް މެޗެއް މި ދަނޑުގައި ކުޅޭނެ އެވެ.











