ލައިޕްޒިގް:
މި ސިޓީ އަކީ މުއްސަނދި ތާރީހެއް ލިބިފައިވާ ސިޓީ އެކެވެ. މި ސިޓީއަކީ ޖަރުމަނުގެ މިހާރުގެ ސިޔާސީ ބަދަލު 1989 ވަނަ އަހަރު ގެނައުމަށް އެންމެ ބޮޑަށް އަޑު އުފުލި ސިޓީ އެވެ.
ލައިޕްޒިގު ސްޓޭޑިއަމް
ސްޓޭޑިއަމް ކެޕޭސިޓީ: 40,000
ސްޓޭޑިއަމް ނިސްބަތްވާ ޓީމު: އާރްބީ ލައިޕްޒިގް

ކުޅެފައިވާ މަޝްހޫރު މެޗުތައް: 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް
އާރްބީ ލައިޕްޒިގްގެ ރަސްމީ ދަނޑު ލައިޕްޒިގް ސްޓޭޑިއަމް އަކީ 2004 ވަނަ އަހަރު ހުޅުވި ދަނޑެކެވެ. މި ދަނޑު މަޝްހޫރުވެފައިވަނީ ފަންނީ ގޮތުން އިންގިލާބީ ބަދަލެއް ގެނައި ދަނޑެއްގެ ގޮތުގަ އެވެ. މި ދަނޑުގައި މި އަހަރުގެ މުބާރާތުގެ ހަތަރު މެޗު ކުޅޭނެ އެވެ











