ހެމްބާގް:
މިއީ ޔޫރަޕްގެ ބޮޑެތި ސިޓީތަކުގެ ތެރެއިން އެއް ސިޓީ އެވެ. އަދި މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
ވޯލްކްސްޕާކް ސްޓޭޑިއަމް ހެމްބާގް
ސްޓޭޑިއަމް ކެޕޭސިޓީ: 49,000
ދަނޑު ނިސްބަތްވާ ޓީމު: ހެމްބާގް އެސްވީ

ކުޅެފައިވާ މަޝްހޫރު މެޗުތައް: 2010 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލް އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލް
މި ދަނޑު އެންމެ ފުރަތަމަ ހުޅުވީ 1953 ވަނަ އަހަރު އެވެ. އެކަމަކު މަރާމާތައް ފަހު އަލުން 2000 ވަނަ އަހަރު މި ދަނޑު ވަނީ ހުޅުވާފަ އެވެ. އޭގެ ކުރިން މި ދަނޑުގައި ވަނީ 1988 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕިއަން ޗެމްޕިއަންޝިޕް އާއި 1974 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ކުޅެފަ އެވެ. މި އަހަރުގެ މުބާރާތުގައި މި ދަނޑުގައި ފަސް މެޗެއް ކުޅޭނެ އެވެ












