ގެލްސެންކާޗެން:
މިއީ ކޯލް މައިނިން އަދި ދަގަނޑުގެ ހެދުމުގައި ކުރިއަރާފައިވާ ސިޓީ އެކެވެ. އެކަމަކު މި ސިޓީ އަށް މިހާރު ދަތުރުކުރާ ފަރާތްތަކަށް މި ސިޓީ ފާހަގެވެގެންދަނީ ތިއޭޓަރުތަކާއި ކްރޫސްލައިން އިންޑަސްޓްރީ ކުރިއަރާފައިވާ ސިޓީ އެއްގެ ގޮތުގަ އެވެ.
އެރީނާ ޝާލްކާ:
ސްޓޭޑިއަމް ކެޕޭސިޓީ: 50,000
ދަނޑު ނިސްބަތްވާ ޓީމު: އެފްސީ ޝާލްކާ

ކުޅެފައިވާ މަޝްހޫރު މެޗުތައް: 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް އަދި 2006 ވަނަ އަހަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލް
މިއީ 2001 ވަނަ އަހަރުގެ އޯގަސްޓް މަހު ހުޅުވި ދަނޑެދކެވެ. އަދި އޭގެ ފަހުން މި ދަނޑުގައި ބޮޑެތި ގިނަ މެޗުތައް ކުޅެފައިވާއިރު, އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ފައިނަލެއްގެ އިތުރުން ވޯލްޑް ކަޕް ކުއާޓާ ފައިނަލެއް ވަނީ ކުޅެފަ އެވެ. މި ދަނޑުގެ އެންމެ ހާއްސަ އެއް މެޗަކީ ވޯލްޑް ކަޕުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލުން އިންގްލަންޑް ބަލިކުރި މެޗެވެ. މި ފަހަރުގެ މުބާރާތުގައި މި ދަނޑުގައި ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ












