މިއީ މުއްސަނދި ތާރީހެއް ލިބިފައިވާ ސިޓީއެކެވެ. މި ސިޓީގެ އެންމެ ފާހަގަކޮށްލެވޭ މަންޒިލަކީ, ކަތެޑްރަލް ޗާޗް, އެވެ. މިއީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްގައި ހިމެނޭ ތަނެކެވެ. އަދި މި ސިޓީ އަކީ މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީންގެ މަންޒިލެއްވެސް މެ އެވެ.
ކޮލޯން ސްޓޭޑިއަމް:
ސްޓޭޑިއަމް ކެޕޭސިޓީ: 43,000
ދަނޑު ނިސްބަތްވާ ޓީމު: އެފްސީ ކޮލޯން
ކުޅެފައިވާ މަޝްހޫރު މެޗުތައް: 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގު ފައިނަލް

ކޮލޯން ސްޓޭޑިއަމްގެ ތާރީހު:
އެފްސީ ކޮލޮންގެ ރަސްމީ ދަނޑަކީ މިއީ އެވެ. އަދި މިއީ 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ކުޅެފައިވާ ދަނޑެވެ. މީގެ އިތުރުން މި ދަނޑަކީ ޖަރުމަނުގެ ވޮމަންސް ކަޕް ފައިނަލް ގަވައިދުން ބާއްވާ ސްޓޭޑިއަމެކެވެ. މީގެ އިތުރުން މި ދަނޑުގައި އެމެރިކަން ފުޓްބޯލްގެ މެޗުތަކާއި އައިސް ހޮކީ މެޗުތަކުގެ އިތުރުން މިއުޒިކް އިވެންޓްތައް މި ދަނޑުގައި ބޭއްވި އެެވެ











