"އަދަދު ބޯޅައީދު - ޔޫރޯ 24" ލޯންޗުކޮށްފި

"އަދަދު ބޯޅައީދު - ޔޫރޯ 24" ލޯންޗުކޮށްފި

މާދަމާރޭ ފެށުމަށް ހަމަޖެހިފައިވާ، ޔޫރަޕްގެ ބޮޑު ފުޓްބޯޅަ މުބާރާތް، ޔޫރޯ 2024 އަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދޭ ކަވަރޭޖު, "ބޯޅައީދު - ޔޫރޯ 24" މިއަދު ލޯންޗުކޮށްފި އެވެ.

"ބޯޅައީދު - ޔޫރޯ 24" ނަމުގައި މިއަދު ނެރުނު ގައިޑުގައި މާދަމާ ރޭ ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ މުހިންމު މައުލޫމާތުތައް ހިމަނާފައިވެ އެވެ. އެގޮތުން ޔޫރޯ އަށް ޓީމުތައް ކޮލިފައިވި ގޮތާއި ގްރޫޕުތައް ބެހިފައިވާ ގޮތްތަކާއި ސްޓޭޑިއަމްތަކާއި މުބާރާތުގައި ފެނިގެންދާ ތަރިންނާއި ކޯޗުންގެ މައުލޫމާތުގެ އިތުރުން މުހިންމު ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެ އެވެ.

މި ގައިޑް ތައްޔާރު ކުރުމުގައި ވީހާ ވެސް ސަޕޯޓަރުންނަށް ފަސޭހަ ގޮތަށް ގްރެފިކްސް އާއި މައުލޫމާތު ހިމަނާފައިވާނެ އެވެ.

މި ގައިޑުގެ ކޮންޓެންޓު ތައްޔާރުކޮށްފައި ވަނީ އަދަދުގެ ސްޕޯޓްސް ޓީމުންނެވެ. އަދި ގައިޑުގައި ހިމަނާފައިވާ ހުރިހާ ގްރެފިކްސްއަކާއި އިލަސްޓްރޭޝަނެއް ތައްޔާރުކޮށްފައި ވަނީ އަދަދުގެ ކްރިއޭޓިވް ޓީމުންނެވެ.

މީގެ އިތުރުން އަދަދުން މި ފަހަރުގެ ޔޫރޯއާ ދިމާކޮށް "ބޯޅައީދު - ޔޫރޯ 24" ނަމުގައި ޔޫރޯގެ މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނަސްދިނުމުގެ ގޮތުން ހާއްސަ ޝޯއެއް ގެނެސްދިނުމަށް ވަނީ ނިންމައިފަ އެވެ. މި ޝޯގެ އެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ފުޓުބޯޅައިގެ ނަން މަޝްހޫރު ފަރާތްތެކެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް އަދަދުން ގެނެސްދޭ "ބޯޅައީދު - ޔޫރޯ 24" ކަވަރޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ, މީގެ ކުރީ ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް އަދަދުގެ ބޯޅަ އީދު ތަފާތުވެފައި ފުރިހަމަ ވާނެ ކަމަށެވެ.

"އަދަދުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ކޮންމެ އީދަކާ ދިމާކޮށް ދިވެހިންގެ މެދުގައި ފޯރި އިތުރުކޮށް އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދިނުމަށް. މިފަހަރުގެ އަދަދުން ގެނެސްދޭ ބޯޅަ އީދު ފުރިހަމަވެފައި ތަފާތުވާނެ،" އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވި އެވެ.

މި ފަހަރުގެ "ބޯޅައީދު - ޔޫރޯ 24" ކުރިއަށްދާއިރު އަދަދު އިން ވަނީ ގޯލް އާރް އާއި ގުޅިގެން ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލަން ނިންމައިފަ އެވެ. މީގެ އިތުރުން، "ބޯޅައީދު - ޔޫރޯ 24" ކުރިއަށްދާއިރު ސޯޝަލް މީޑިއާގައި ހާއްސަ އިނާމުތައް ލިބޭ ސަޕްރައިޒްތަކެއް އާންމުންނަށް ދޫކޮށްލުމަށް "އަދަދު" އިން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، "އަދަދު"ގެ ވެބްސައިޓްގައި، ޔޫރޯ 2024 އަށް ހާއްސަ ޕޭޖެއް ހިމެނޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox