މަސްވެރިންގެ ޑިމާންޑަށް ބޯލަނބައި، މަސްއޮޑިތަކަށް ތެޔޮ ވިއްކާ އަގު ސަރުކާރުން ހެޔޮކޮށްފި

ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ޝިޔާމް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ޝިޔާމް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސްވެރިންގެ ޑިމާންޑަށް އިޖާބަދީ މަސްވެރިންނަށް ޑީސަލް ވިއްކާ އަގު އެއްގަމު ޝެޑުތަކާ އެއްހަމަކޮށް ދީފި އެވެ.

ފިޝަރީޒް މިނިސްޓަރީން ރޭ މެންދަމު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ގޮތުން މަސްވެރިންނަށް ހުޅުމާލެއިން ވިއްކާ ޑީސަލްގެ އަގު ޝެޑުތަކުން ވިއްކާ އަގާ އެއްހަމަ ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން މަސްވެރިންނަށް ޑީސަލް ވިއްކަމުންދިޔައީ ލީޓަރެއް 14.53ރ. އަށެވެ. ސަރުކާރުގެ ނިންމުމާއެކު ދެން މަސްއޮޑިފަހަރަށް ވެސް ޑީސަލް ވިއްކަމުން ދާނީ 13.92ރ. އަށެވެ.

މަސްވެރިންނަށް ވިއްކާ ތެޔޮ އަގުހެޔޮ ކުރަން ސަރުކާރުން ނިންމާފައި މިވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާގެ މައްސަލަ އާއި ލޭނު އަޅައިގެން ބޮޑު ކަންނެލި ބޭނުމުގެ ހުއްދަ ސަރުކާރުން ދޭން އުޅޭ އުޅުމާ ދެކޮޅު ހެދުމުގެ ގޮތުން 35 ދޯނީގައި މަސްވެރިން މާލޭ ފަޅުގައި އިއްޔެ ކުރި މުޒާހަރާއަށްފަހު އެވެ.

ސަރުކާރުގެ ވައުދާ އެއްގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަތުމަށް ޑިމާންޑުކޮށް އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދިޔަ މުޒާހަރާ ހުއްޓައިލީ ރޭ ދަންވަރު 1:00 ގައި ތެޔޮ އަގުހެޔޮ ކުރުމުންނެވެ.

ސަރުކާރުގެ އެ ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސެއިން ނަޝީދު ވިދާޅުވީ މަސްވެރިން އިއްޔެ ހުށަހެޅި ޑިމާންޑުތަކުގެ ތެރެއިން މިވަގުތުން ވަގުތަށް ކޮށްދެވޭނެ ކަމަކަށް އޮތީ ތެޔޮ އަގުހެޔު ކުރުން ކަމަށާއި ހެޔޮ އަގެއްގައި ތެޔޮ ގަންނަން ލިބުމުން މަސްވެރިންނަށް ވާ ފައިދާ ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

"މުޅި ދަތުރަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ދަނީ ތެލަށް، ކޮންމެ ދަތުރަކަށް 20 ފީފާ 30 ފީފާގެ ތެޔޮ ހަރަދުވާނެ، އެހެންވީމާ އެއްގަމުން ތެޔޮ ގަންނަން ލިބޭ އަގަށް މަސްވެރިންނަށް ވެސް ތެޔޮ ގަންނަން ލިބުނީމާ މަސްވެރިންނަށް ވާ ފައިދާ ބޮޑުވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އިއްޔެގެ މުޒާހަރާގައި މަސްވެރިން ކުރި ޑިމާންޑުތަކާ ގުޅޭގޮތުން މަޝްވަރާގެ މޭޒަށް އަންނަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"[ބޮޑު ކަންނެލީގެ މަސްވެރިންކަމަށް] ލޭނު އެޅުމަށް އަދި ހުއްދައެއް ނުދޭ، މަޝްވަރާއެއްގެ ތެރޭގައި އޮތީ،" ނަޝީދު ވިދާޅުވި އެވެ.

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އަލުން ފަށަން މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.

ރާއްޖޭގެ ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުން ވެސް ކަމާގުޅުންހުރި އެހެން ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެ އެވެ.

އިއްޔެ މުޒާހަރާގެ ބައިވެރިންނާ މުޒާހަރާ ކުރައްވަމުން ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވީ މިފްކޯއިން ކަންނެލި ގަތުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް ގައުމާއި މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން މި އަހަރު އެ ކަން ނުކުރެވޭނެ ކަމަށެވެ.

ލޭނު މަސްވެރިކަން ހުއްދަ ކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަނީ ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ހުއްދަ ދިނަސް މީގެ ކުރީގައި ލޭނު އަޅާ ގޮތަށް އަޅަން ފުރުސަތު ނުދޭނެ ކަމުގެ ޔަގީން ކަން ޝިޔާމް އިއްޔެ ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox