ހުލާސާކޮށް އިއްޔެ: މާލޭ ވިޔަފާރި ބަނދަރު "ވިއްކާލަނީ"

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: އަދަދު

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: އަދަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ފިލިޕީންސްގެ ކުންފުންޏަކަށް 25 އަހަރަށް ދިނުމަށް މަޝްވަރާ ކުރުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އިތުބާރު ހިފޭ މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި މި އެމްއޯޔޫގައި ސޮއިކުރީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. އެ އެމްއޯޔޫގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާކަން ވެސް ވަނީ އެނގިފަ އެވެ.

މި ނޫހަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްޕީއެލްއަށް ބޮޑު ގެއްލުމެއް ވެދާނެ ފަދަ ގޮތަކަށް ސޮއިކުރި އަގު ބޮޑު އެމްއޯޔޫއެކެވެ. އެގޮތުން, ވިޔަފާރި ބަނދަރު ހަވާލުކުރުމުގެ އެއްބަސްވުމަކަށް ފިލިޕީންސްގެ ކުންފުންޏާ އެކު އެމްޕީއެލްއިން ނުގޮސްފިނަމަ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭކަން ވެސް "އަދަދު" ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އޭގެ އިތުރުން, ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރު ވެސް 25 އަހަރު ދުވަހަށް ފިލިޕީންސްގެ ކުންފުނިން ހިންގުމަށް އެއްކޮށް ދޫކޮށްލުމަށް މަޝްވަރާ ކުރަމުންދާކަން ވެސް ވަނީ އެނގިފަ އެވެ.

އެގޮތަށް އެއްބަސްވެއްޖެނަމަ އެ މުއްދަތުގެ ތެރޭގައި ވިޔަފާރި ބަނދަރުގެ ފައިދާގެ 98 ޕަސެންޓު އެ ކުންފުންޏަށް ލިބޭއިރު ދިވެހި ސަރުކާރަށް ލިބޭނީ އެންމެ ދެ ޕަސެންޓުކަން ވެސް ވަނީ އެނގިފަ އެވެ. އަދި, ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރަށް ހަމަޖައްސައިދެނީ އެ ކުންފުނި މެދުވެރިކޮށް ނަގާ ލޯނަކުންކަން ވެސް ވަނީ އެނގިފަ އެވެ.

މިހާ ބޮޑު އާމްދަނީއެއް ދޫކޮށްލާ ގޮތަށް ޕޯޓާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، އެމްޕީއެލްއަކީ ލޯނެއް ނަގައިގެން އެފަދަ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ގާބިލުކަން ހުރި ކުންފުންޏެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމްޕީއެލްގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބިގެންދާނެ ކަމެކެވެ. އެ ކުންފުނީގެ ބައެއް އޮފިޝަލުން މިކަމާ ދެކޮޅު ނަމަވެސް ސަރުކާރުގެ ތެރެއިން އިކޮނޮމިކް ކައުންސިލުން މި އެއްބަސްވުމަށް ދިޔުމަށް މަސައްކަތް ކުރަމުންދާކަން ވަނީ އެނގިފަ އެވެ.

އެމްޕީއެލްއިން އެންމެފަހުން އާންމުކުރީ 2022 ގެ އަހަރީ ރިޕޯޓެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އަހަރަކު 119,000 އަށްވުރެ ގިނަ ކޮންޓެއިނަރު އެ ކުންފުނިން ހޭންޑްލްް ކުރިއިރު ސާފު ފައިދާގެ ގޮތުގައި 112.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox