ގާނޫނުއަސާސީ އިސްލާހު ކުރަނީ މެންބަރުންގެ އަދަދު ހިފަހައްޓައި، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް ތަޅުން: ސަރުކާރުން ބުނަނީ ގާނޫނު އަސާސީ އިސްލާހު ކުރަނީ މެންބަރުންގެ އަދަދު ހިފަހައްޓަން ކަމަށް - ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލިސް ތަޅުން: ސަރުކާރުން ބުނަނީ ގާނޫނު އަސާސީ އިސްލާހު ކުރަނީ މެންބަރުންގެ އަދަދު ހިފަހައްޓަން ކަމަށް - ފޮޓޯ: މަޖިލިސް އިދާރާ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅާ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު އިތުރު ނުވާނެ ގޮތަސް ހިފެހެއްޓުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވޭ ގޮތް ބަދަލުކުރުން ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުން 37 ބިލެއް ހުށަހަޅާނެ ކަމަށް ސަރުކާރުން މަޖިލީހަށް އަންގާފައިވާއިރު، އޭގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ހިމެނެ އެވެ.

ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތަފުސީލަށް އެދި "އަދަދު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުން ފަދަ އިސްލާހުތައް ކަމަށެވެ.

އަދި މީގެ އިތުރުން ވެސް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހުތަކެއް ހުށަހަޅާފާނެ ކަމުގެ އިޝާރާތެއް ހީނާ ވަނީ ދެއްވާފަ އެވެ.

"މީގެއިތުރުން ވެސް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިތުރު އިސްލާހު ތަކާ ގުޅޭ ގޮތުން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރަމުން ދަނީ،" ހީނާ ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ސަރުކާރުން ނިންމާފައި މިވަނީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް 20 ވަނަ މަޖިލީހުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކޮށް، ކެޕް ކުރުމުގެ މަސައްކަތް ހިމެނޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ޖޭއެސްސީ އެކުލެވޭ ގޮތަށް އިސްލާހު ގެނައުމަކީ މަޖިލިސް ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެގޮތުން ރައީސް ވަނީ ޖޭއެސްސީގައި ސިޔާސީ ފަރާތްތައް ހިމެނުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް އޭރު ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

"އެފަދަ ބިލްތަކާއި މިފަދަ އެތަށް ކަމެއް ހިމެނޭ ގޮތަށް މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު އޭރު ވިދާޅުވި އެވެ.

މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރަށް ފުރިހަމަ ތާއީދު އޮތްއިރު، މި އަދަދަކީ ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނު އަސާސީވެސް ބަދަލުކުރެވޭނެ ވަރުގެ މެޖޯރިޓީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox