މާވިންގެ މަންމަ ހިމެނޭ ގޮތަށް ހަތަރު ހެއްކެއްގެ ހެކިބަސް ނުނަގަން ދައުލަތުން ނިންމައިފި

މޭރީ ގްރޭސް މަރާލުމުގެ ދައުވާކުރާ މާވިން: ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނަގައި ހަތަރު ހެއްކެއް ދޫކޮށްލަން ނިންމި

މޭރީ ގްރޭސް މަރާލުމުގެ ދައުވާކުރާ މާވިން: ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނަގައި ހަތަރު ހެއްކެއް ދޫކޮށްލަން ނިންމި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތުކޮށް، ދައުލަތުން ދައުވާކުރާ އޭނާގެ ފިރިމީހާ މާވިން ވާގަސްގެ މަންމަ މާރީ ވާގަސް ހިމެނޭ ގޮތަށް ދައުލަތުން ހެކިބަސް ނަގަން ހުށަހެޅި ހަތަރު ހެއްކެއްގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ، އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި، އޭނާގެ ފިރިމީހާ މާވިނާއި، މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މަރާލުމުގެ ދައުވާ ކުރަނީ މާވިނަށެވެ. ލަމްހާއަށް ކުރަނީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި ހުއްދަ ނޫން ބޭސްތަކެއް ނެގި ކަމުގެ ދައުވާ އެވެ.

މާވިނާއި ލަމްހާގެ މައްޗަށް ކުށް ސާބިތުކުރަން، ދައުލަތުން 70 އަށް ވުރެ ގިނަ ހެކިން ހެކިބަސް ދިނުމަށ ހުށަހެޅި އިރު އެއިން ހަތަރު ހެއްކެއްގެ ހެކިބަސް ނުނަގަން ނިންމި ކަން މިއަދުގެ ޝަރީއަތުގައި ބުނުމުން ބާކީ ހެކިބަސް ނުނެގި އޮތީ 15 ހެކިންނެވެ.

Advertisement

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނި ގޮތުގައި ހެކިބަސް ނުނަގަން ދައުލަތުން މިހާރު ބޭނުންވާ ހެކިންނަކީ މާވިންގެ މަންމަގެ އިތުރުން މޭރީގެ ޑީއެންއޭ ރިޕޯޓު ތައްޔާރުކުރި އޮފިސަރަކާއި ޑީއެންއޭ ރިޕޯޓަށް ބައެއް ސްކޭންތައް ހެދި ޑޮކްޓަރެއްގެ އިތުރުން މޭރީގެ ލޭ ތަހުލީލު ކުރި އޮފިސަރެކެވެ.

ދައުލަތުން ބުނި ގޮތުގައި އެއިން ޑީއެންއޭ ރިޕޯޓާ ގުޅުން ހުރި ހެކިންގެ ހެކިބަސް ނުނަގަން ނިންމީ ޑީއެންއޭ ރިޕޯޓު ލިބުނު އިރު އެ ރިޕޯޓުގައި މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެއްކެއް ނެތް ކަމަށް ދައުލަތަށް ފެނުމުންނެވެ. އަދި މާވިންގެ މަންމަގެ ހެކިބަސް ނުނެގުމަށް ނިންމީ އޭނާގެ ފަރާތުން ސާބިތު ކުރަން ބޭނުންވާ ގިނަ ކަންކަން، ދައުލަތުން ހުށަހެޅި އެހެން ހެކިންގެ ހެކިބަހުން ސާބިތުވާން އެބަ އޮތް ކަމަށް ފެނިގެނެވެ.

ލަމްހާގެ ވަކީލުން ވަނީ ދައުލަތުން ހަތަރު ހެއްކެއްގެ ހެކިބަސް ނުނަގަން އެދި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީ ހިއްސާ ކޮށްދިނުމަށް އެދިފަ އެވެ. އަދި ދިފާއީ ވަކީލުން އެ ސިޓީ ބެލުމަށް ފަހު ވާހަކަ ދެއްކުމަށް ފުރުސަތެއް ދީފައި ހެކިބަސް ނުނެގުމާ މެދު ޝަރީއަތުން ގޮތެއް ނިންމުމަށް އެދުނެވެ. މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އެ ކަމަށް އިދާރީ އަޑުއެހުމެއް ބާއްވައި ދެއްވާނެ ކަމަށެވެ.

ޑީއެންއޭ ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި ބައެއް ހަބީރުންގެ ހެކިބަސް ނުނަގަން ދައުލަތުން ނިންމިއިރު މީގެ ކުރިން ވެސް އައިޖީއެމްއެޗްގެ ބައެއް ރިޕޯޓުތަކާއި ލިޔެކިޔުންތައް ހިއްސާކުރަން ދައުލަތުން ވަނީ ދެކޮޅު ހަދާފަ އެވެ. ދިފާއުން ބުނަނީ މިކަންކަމަށް ދެކޮޅު ހަދަނީ އޭގެ ސަބަބުން ދިފާއުއަށް ފުރުސަތު ބޮޑުވާތީ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް އިންކާރުކޮށް ލަމްހާއާއި މާވިން ވަނީ ދިފާއީ ހެކިން ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox